logoEN
WAMCO TOP 1
ބޯންމެރޯ ހެދުމަށް މިއަހަރު ފުރާ ފުރަތަމަ 3 ކުދިންނާ ނާޒިމް ބައްދަލުކުރައްވައިފި

ބޯންމެރޯ ހެދުމަށް މިއަހަރު ފުރާ ފުރަތަމަ 3 ކުދިންނާ ނާޒިމް ބައްދަލުކުރައްވައިފި

އަހުމަދު ޝުރާއު

logo

4/16/2025, 6:24:21 AM

# ތެލެސީމިއާ

--

ތެލެސީމިއާ ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށް މިމަހު ފުރުމަށް ހަމަޖެހިފައިވާ 3 ކުދިންނާއި މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމް މިއަދު ބައްދަލުކޮށްފިއެވެ.

THE TRAVELLER AD

މިއަދު މިނިސްޓަރ ބައްދަލުކުރެއްވި 3 ކުދިން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މީގެ އިތުރުންވެސް ބޯންމެރޯ ހެދުމަށް އިތުރު 2 ކުދިން ދަނީ ފުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ. މި ބައްދަލުވުމުގައި އެކުދިންގެ ބެލެނިވެރިން ވެސް ބައިވެރިވިއެވެ.

ބޯންމެރޯ ހެދުމުގެ ކުރިން ތެލެސީމިއާ ކުދިން އެޗްއެލްއޭ ޓެސްޓް ހަދަން ޖެހެއެވެ. ތެލަސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް އަށް ދިމާވޭތޯ ބަލަން ހަދާ ޓެސްޓް ކަމަށްވާ އެޗް.އެލް.އޭ ޓެސްޓަށް ސާމްޕަލް ނެގުމުގެ ކޭމްޕެއް އިއްޔެ ވަނީ މޯލްޑިވިއަން ބްލަޑް ސަރވިސް ގައި ބާއްވައެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ކުރިން ހަދަންޖެހޭ އެޗް.އެލް.އޭ ޓެސްޓަކީ މީގެ ކުރިން ރާއްޖެއިން ބޭރުން ހަދަމުން އަންނަ ޓެސްޓެކެވެ. ނަމަވެސް މިދިޔަ އަހަރުން ފެށިގެން ރާއްޖެއިން މި ޓެސްޓް ހެދޭނެ އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

ސަރުކާރުގެ އަމާޒަކީ ކޮންމެ އަހަރަކުވެސް މަދުވެގެން 10 ޕޭޝެންޓުން ބޯންމެރޯ ހެދުމަށް ފޮނުވުމަށެވެ.

މިދިޔައަހަރު 14 ކުދިން ބޯންމެރޯ ހެދުމަށް ސަރުކާރުން ވަނީ ފޮނުވާފައެވެ. އޭގެ ތެރެއިން ބައެއް ކުދިންގެ ފަރުވާ ކުރިއަށްދާއިރު އަނެއްބައި ކުދިންވަނީ ފަރުވާ އެއްކޮށް ނިމި ރާއްޖެ އައިސްފައެވެ.

ކޮމެންޓް
ފަހުގެ
HDC