logoEN
Sto top
އެސްޓީއޯ "ބެކް ޓު ސްކޫލު" ޕްރޮމޯޝަން ފަށައިފި

އެސްޓީއޯ "ބެކް ޓު ސްކޫލު" ޕްރޮމޯޝަން ފަށައިފި

އަހުމަދު ޝުރާއު

logo

8/9/2025, 5:12:38 AM

# އެސްޓީއޯ

--

އެސްޓީއޯއިން "ބެކް ޓު ސްކޫލް ޕްރޮމޯޝަން" ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

Wamco

07 އޮގަސްޓް 2025 ވާ ބުދަ ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ފެށުނު މި ޕްރޮމޯޝަންގެ ދަށުން ސްކޫލް ކުދިންގެ އިންޓަވަލަށް ބޭނުން ކުރެވޭނެ ގިނަ ޕްރޮޑަކްޓްތަކެއް ވަރަށް ހެޔޮ އަގެއްގައި ލިބެން ހުންނާނެއެވެ.

އެގޮތުން، އާއްމުންނާއި ކުޑަކުދިންގެ ތެރޭގައި މަޝްހޫރު ޑެވޮންޑޭލް ކިރު ޕެކެޓް އަދި ކްރޫގަރ ބްރޭންޑްގެ ހުރިހާ އުފެއްދުމެއްވެސް ލިބެން ހުންނާނެއެވެ. ޑެވޮންޑޭލް އަކީ އޭގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވޭ ހަށިގަނޑަށް ފައިދާ ހުރި ބްރޭންޑެކެވެ. މީގެއިތުރުން، ކުއިކްބެރީ އަދި ނަބާޓި ބެރޭންޑުގެ އެކި ރަހަތަކުގެ ބިސްކޯދު ފަދަ ކުޑަކުދިން ގަޔާވާ ޕްރޮޑަކްޓް ތަކެއް ލިބެން ހުންނާނެއެވެ. ކުއިކްބެރީ ބެރޭންޑުގެ "ޝުގަރ ފްރީ" ބިސްކޯދަކީ ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށްވެސް ކަމުދާނެ ގޮތަށް ތައްޔާރު ކޮށްފައިވާ އުފެއްދުމެކެވެ.

އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަންގެ ދަށުން، މި ބްރޭންޑް ތަކުން 100 ރުފިޔާއަށް ވުރެ ގިނައިން ވިޔަފާރި ކުރައްވާ ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބިގެންދާނެ ކަމަށާއި ކޫޕަންގެ ގުރުއަތު ނެގުން އޮންނާނީ ޕްރޮމޯޝަން ނިމުމަށް ފަހުގައެވެ. ގުރުއަތުން ހޮވޭ ވަރަށް ހާއްސަ 3 ފަރާތަކަށް، ކުޑަކުދިންގެ ތެރޭގައި މަގުބޫލު "ޕީކަބޫ" ފިހާރައިގެ އަގުހުރި 3 ގިފްޓް ވައުޗަރ ލިބިގެން ދާނެ ކަމަށެވެ.

މި ޕްރޮމޯޝަންގެ 1 ވަނަ އަށް ހޮވޭ ފަރާތަކަށް 5000ރ، 2 ވަނައަށް ހޮވޭ ފަރާތަކަށް 2500ރ އަދި 3 ވަނައަށް ހޮވޭ ނަސީބުވެރި ފަރާތަކަށް 1500ރ ގެ ވައުޗަރެއް ލިބިގެންދާނެ އެވެ.

މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން އިންޓަވަލް ފުޅި ފަދަ ސްކޫލް ކުދިންނަށް ބޭނުންވާ މުހިއްމު ގިނަ ސާމާނަކުން ބޮޑު ޑިސްކައުންޓްތަކެއްވެސް ލިބިގެންދާނެކަމަށް އެސްޓީއޯއިން ބުނެއެވެ.

ހަމަ އެއާއިއެކު 2 ޕްރޮޑަކްޓެއް ބައްލަވައިގަތުމުން ހިލޭ އެކަތި ލިބުމުގެ ފުރުސަތުވެސް މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގެ އެންމެ ފަހު ތާރީޚަކީ 7 ސެޕްޓެމްބަރ 2025.

E living
ކޮމެންޓް
E living
ފަހުގެ
HDC