logoEN
Sto top
މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓިއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ!

މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓިއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ!

އަހުމަދު ޝުރާއު

logo

7/30/2025, 6:44:26 PM

# އެސްޓީއޯ

-

އެސްޓީއޯގެ 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ ހިސާބުތައް އާންމުކޮށްފި އެވެ.

Wamco

އެސްޓީއޯން ދެވަނަ ކުއާޓަރުގެ ހިސާބުތައް އާންމުކުރީ މިއަދު އެކުންފުނީގެ ވެބްސައިޓްގައިއެވެ. އެގޮތުން މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެސްޓީއޯގެ 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 3.6 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓާރއާއި އަޅާ ބަލައިއިރު 12 އިންސައްތައިގެ ދަށްވުމެކެވެ.

އެސްޓިއޯއިން ބުނީ މިކުއާޓަރުގައި ޖުމްލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ތެލުގެ އަގުތަކަށް ގެނެވުނު ބަދަލާއި އަދި މިކުއާޓަރގައި ތެލުގެ ޑިމާންޑް ދަށްވުން ކަމަށެވެ.

ޖުމްލަ އާމްދަނީ ދަށްވުމާއިއެކު ޖުމްލަ ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބިފައިވަނީ 574 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާ ބަލާއިރު 2 އިންސައްތައިގެ ދަށްވުމެކެވެ. އެހެންނަމަވެސް ކުންފުނީގެ އެހެނިހެން ވިޔަފާރި ތަކުން ލިބުނު ޖުމްލަ އާމްދަނީ ވަނީ އިތުރުވެފައި ކަމަށް އެސްޓީއޯއިން ބުނެއެވެ.

ކުންފުނީގެ ޖުމްލަ ފައިދާ ދަށްވުމާއި ނިސްބަތުން ހިންގުމުގެ ހަރަދު އިތުރުވުމާއިއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ލިބިފައިވަނީ 236 މިލިއަން ރުފިޔާއެވެ. މިއީ، އޭގެ ކުރީ ކުއާޓާރއާއި އަޅާ ބަލައި 11 އިންސައްތައިގެ ދަށްވުމެކެވެ.

ހިންގުމުގެ ފައިދާ ދަށްވިކަމުގައިވީ ނަމަވެސް ދެވަނަ ކުއާޓާރގައި އިންވެސްޓްމަންޓް އިންކަމް އިތުރުވުމާއިއެކު ނެޓް ފައިނޭންސް ކުޑަކުރެވި ޓެކްސްއަށް ކެނޑުމުގެ ކުރިން މިކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި ވަނީ 198 މިލިއަން ރުފިޔާ ލިބިފައެވެ.

ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރގެ ސާފުފައިދާގެ ގޮތުގައި އެސްޓީއޯޢަށް ވަނީ 163 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ، އޭގެ ކުރީ ކުއާޓާރއާއި އަޅާ ބަލައި 3 އިންސައްތައިގެ ދަށްވުމެކެވެ.

އަދި މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރއާއި އަޅާ ބަލާއި އިރު ސާފު ފައިދާ 15 މިލިއަންއިން އިތުރުވެ، 10 އިންސައްތައިގެ ކުރިއެރުމެއް ވެސް އެކުންފުންޏަށް ވަނީ ލިބިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC