logoEN
WAMCO TOP 1
މިނިވަން ދުވަހުގެ މުނާސަބަތުގައި އެސްޓީއޯއިން ޚާއްސަ ސޭލެއް!

މިނިވަން ދުވަހުގެ މުނާސަބަތުގައި އެސްޓީއޯއިން ޚާއްސަ ސޭލެއް!

އަހުމަދު ޝުރާއު

logo

7/24/2025, 3:06:12 PM

# އެސްޓީއޯ

-

ދިވެހި ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސުން ހާއްސަ ސޭލްއެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

THE TRAVELLER AD

އެސްޓީއޯއިން މިއަދު ބުނީ "މިނިވަންއުފާ ސޭލް" ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކެމްޕެއިން ކުރިއަށް ދާނީ ދެހަފްތާގެ ނިޔަލަށް ކަމަށެވެ.

އެގޮތުން މި ސޭލްގެ މައިގަނޑު ބޭނުމަކީ އެސްޓީއޯއާއި އާއްމުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް މުދާ ވިއްކާ ފޯރުކޮށްދިނުން ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެގޮތުން މި ކެމްޕެއިން ކުރިއަށްދާނީ، އެސްޓީއޯ ޕީޕަލްސް ޗޮއިސުން، 24 ޖުލައި 2025 ން 02 އޮގަސްޓް 2025 އާއި ދެމެދު ވިޔަފާރި ކުރައްވާ ފަރާތްތަކުގެ މެދުގައެވެ.

މި މުއްދަތުގައި ވިޔަފާރި ކުރައްވާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ދުވަހަކުވެސް ގުރުއަތެއް ނެގި، ގުރުއަތުން ހޮވޭ 1 ފަރާތަކަށް ވަރަށް ހާއްސަ އިނާމެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ފަހުގެ
HDC