
-
މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ވަނީ މާދަމާގެ ތިން ވަގުތެއްގައި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ބުނެފައި އެވެ.
އެގޮތުން އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ފާށަނާކިލެގެ މަގު، އަލިކިލެގެފާނު މަގު، ބަނަފްސާ ގޯޅި، ބޮޑުފުޅަށް ގޯޅި، ބޮޑުރަސްގެފާނު މަގު، ހަލަވެލި ގޯޅި، ހަނދުވަރުދޭ ހިނގުން، ހެލެނބެލި ގޯޅި، ހުސްނުހީނާ މަގު، މަޖީދީ މަގު، ނިޔަނދުރު ގޯޅި، ރަށްދެބައި މަގު، ރަތްވިލާ މަގު، ސަބުދެރިޔާ މަގު އަދި ސަހަރާ މަގު ހިމެނޭ ސަރަޙައްދުން މާދަމާ ހެނދުނު 10:00 އާއި 10:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ވަނީ ބުނެފައި އެވެ.
މީގެ އިތުރުން މާލެ ސިޓީ، މުނިޔާ މަގު އަދި ޝާއިރު ވަރުދީ ހިމެނޭ ސަރަޙައްދުން މާދަމާ މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު އަދި މާލެ ސިޓީ، ބޮޑުފުޅަށް ގޯޅި ހިމެނޭ ސަރަޙައްދުން ހެނދުނު 10:00 އާއި 12:00 އާ ދެމެދު ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ވަނީ މި މަސައްކަތްތަކުގެ ތެރެއިން ކަރަންޓު ކެނޑެން މެދުވެރިވާތީ ދިމާވާނެ ދަތިތަކަށް މާފަށް އެދިފައި އެވެ.
އެކުންފުނީން ދަނީ އެކުންފުނިން ދެމުންދާ ކަރަންޓުގެ ހިދުމަތް ރަނގަޅުކޮށް ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ގުޅުންހުރި

ސްޓެލްކޯ މުވައްޒަފުންގެ މެދުގައި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި

މަހިބަދޫގައި ކަރަންޓުގެ ހިދުމަތް އެންމެ ފުރިހަމައަށް ދިނުމަށް ސްޓެލްކޯއިން ޚާއްސަ މަސަައްކަތްތަކެއް!

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ސްޓެލްކޯއިން ޚާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފި




