.jpg&w=3840&q=75)
މެމްބަރު އައްބާހަށް ރައީސް ޔާމީން 3 މިލިއަން ރުފިޔާ ދިން ކަމަށް ތުހުމަތުކޮށް ފަލާހް ބުނަނީ އައްބާހަކީ "މޮޔައެއް" ކަމަށް!
# ޕީއެންސީ# މެމްބަރު އައްބާސް-
ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އައްބާސްއަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް 3 މިލިއަން ރުފިޔާ ދީފައިވާކަމަށް ތުހުމަތުކޮށްފި އެވެ.

މިފަދަ ތުހުމަތެއް ކޮށްފައިމިވަނީ ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ބައްދަލުވުމެއްގައި އެޕާޓީއަށް ނިސްބަތްވާ މެމްބަރުންތަކެއް ސަރުކާރަށް ދެކޮޅަށް ތެދުވާން ނިންމާފައިވާކަމަށްބުނެ އައްބާސް މީސް މީޑިއާގައި ކުރި ޕޯސްޓަކާއި ގުޅިގެން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު މިއަދު ކުރި ޕޯސްޓެއްގައި އެވެ.
އެގޮތުން ފަލާހު އައްބާސްއަށް ރައްދު ދެއްވައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީ ޕީޖީ ގްރޫޕް ރޫޅާލެވިދާނެކަމަށްހީކޮށް އެފަދަ ބުހްތާން ދޮގު ވާހަކަ ފެތުރުމަކީ ވަރަށްބޮޑުކުށްހީއެއް ކަމަށެވެ. އަދި މެމްބަރު އައްބާސް އަށް އެފަދަ ފިތުނަ ފަތުރައިދޭ މަތިން ކުރީގެ ރައީސް ޔާމީނު ދާދި ފަހުން އައްބާސްއާއި ބައްދަލުކޮށް 3 މިލިއަން ރުފިޔާދީފައިވާ ކަމަށް ވާހަކަތަކެއް ދެކެވޭ ކަމަށާއި އައްބާސްގެ ޕޯސްޓުން އެކަމަށް ބާރު ލިބިގެންދާ ކަމަށް ފަލާހް ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ ޕީއެންސީ ޕީޖީ ގްރޫޕް އޮތީ އެކަތިގަނޑެއް ގޮތަށް ރައީސް މުޢިއްޒުގެ ފަހަތްޕުޅުގައި ވަރަށްސާބިތުކޮށް ކަމަށާއި އެފަދަ ނުބައި ރޭވުންތަކެއް ރާވައި ޕޯސްޓުތައް ކުރި ނަމަވެސް ޕީޖީ ގްރޫޕު ރޫޅާނުލެވޭނެ ކަމަށެވެ. އަދި އައްބާހަކީ "މޮޔައެއް" ކަމަށް ފަލާހް ވިދާޅުވިއެވެ.
" ޤާނޫނު އަސާސީގެ 73 މާއްދާގެ ހ.ގައި ބުނާ ރައްޔިތުންގެމަޖިލީހުގެ މެމްބަރެއްގެ ކިބައިގައި ހުންނަންޖެހޭ ބުއްދި ސަލާމަތުންހުންނަންޖެހޭ ކަމަށްބުނާ އެންމެ މުހިއްމު ޝަރުތު، ވެލިދޫ ދާއިރާގެ މެމްބަރުގެ ކިބައިގައި ހުރިކަމާމެދު މިހާރު ޝައްކުވާ ހިސާބަށް ގޮސްފި" ފަލާހް ވިދާޅުވިއެވެ.
އަދި މިފަދަ ފިތުނަވެރި ނުބައި ވާހަކަތަށް ފެތުރުމަކީ ތިމާގެ ސިޔާސީ ހުނަރުވެރިކަން ހާމަކޮށްދޭކަމެއްކަމުގައި ދެކުމަކީ ވަރައްބޮޑި ކުށްހީއެއް ކަމަށާއި އެކަމުން އަންގައިދެނީ ތިމާއަކީ އެއްވެސް އަޚްލާގެއް ނެތް ބުއްދިގޯސް މޮޔައެއްކަމަށް ފަލާހް ވިދާޅުވިއެވެ.