logoEN
Sto top
ގެވެށި އަނިޔާގެ މައްސަލައެއްގައި ހިޔާ ފްލެޓެއް ފާސްކުރަނިކޮށް  ފެނުނީ ގިނަ އަދަދެއްގެ ވޭޕް ފްލޭވަރ: 12 މިލިއަނުގެ ޖޫރިމަނާއެއް އަންނާނެ!

ގެވެށި އަނިޔާގެ މައްސަލައެއްގައި ހިޔާ ފްލެޓެއް ފާސްކުރަނިކޮށް ފެނުނީ ގިނަ އަދަދެއްގެ ވޭޕް ފްލޭވަރ: 12 މިލިއަނުގެ ޖޫރިމަނާއެއް އަންނާނެ!

އަހުމަދު ޝުރާއު

logo

8/8/2025, 6:34:56 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ގެވެށި އަނިޔާގެ މައްސަލައެއްގައި ހިޔާ ފްލެޓެއް ފާސްކުރަނިކޮށް ގިނަ އަދަދެއްގެ ވޭޕް ފްލޭވަރު ފުޅިތަކެއް ފެނިއްޖެ އެވެ.

Wamco

ފުލުހުން މިއަދު ބުނީ ރޭ 21:14 ހާއިރު ހުޅުމާލެ ފޭސް 2 އަށް ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލައަކާއި ގުޅިގެން ހިޔާ ފްލެޓް އެޕާޓްމެންޓެއް ބަލާފާސްކުުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ވޭޕް ފްލޭވަރު ފުޅިތަކެއް ފެނިފައިވާ ކަމަށެވެ.

އެގޮތުން މި މައްސަލާގައި ޖުމުލަ 242 ވޭޕް ފްލޭވަރު ފުޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް މި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކުރިކަމެއް ނުވަތަ ޖޫރިމަނާ ކުރިކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ރާއްޖޭގައި ވޭޕް ކުރުމާއި ވޭޕް ވިއްކުން މިދިޔަ އަހަރުގެ ތެރޭގައި ވަނީ މަނާކޮށްފައެވެ. އަދި ގާނޫނަށް ބަދަލުގެނެސް ވޭޕް ކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެ ކޮށްފި ނަމަ 50،000ރ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރަން ވަނީ ނިންމާފައި އެވެ.

ރޭ އަތުލައިގަތް ފޭޕް ފްލޭވަރުތަކުގެ ޖޫރިމަނާ 12 މިލިއަނަށް އަރާނެކަމަށް ލަފާކުރެވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC