logoEN
Sto top
ޓްރެފިކް ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށް ޚާއްސަ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި

ޓްރެފިކް ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށް ޚާއްސަ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި

އަހުމަދު ޝުރާއު

logo

8/7/2025, 2:49:01 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

މާލެ ޓްރެފިކް ޕޮލިސް ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ.

Wamco

މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ މާލެ ސިޓީ ޕޮލިސް ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ އެވެ. މި ޕްރޮގްރާމުގައި، ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓް ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރުއާއި، ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަޞީޙްއާއި، ކޮމިޝަންޑު ބައެއް އޮފިސަރުންނާއި ޓްރެފިކް ފުލުހުން ބައިވެރިވެލެއްވިއެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އޮޑިޓޯރިއަމްގައި މިއަދު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ‘’ވެށި ހެޔޮ މުޖުތަމައު'' ގެ ނަމުގައި ޕްރެޒެންޓޭޝަނެއް ހުޅަހަޅާފައިވެއެވެ. މި ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވީ ވެމްކޯގެ ހިއުމަން ރިސޯސް ޖެނެރަލް މެނޭޖަރ މުޙައްމަދު ޝާންއެވެ.

މި ޕްރެޒެންޓޭޝަންގައި، އާންމު މީހެއްގެ ނަޒަރުން ޓްރެފިކް ޕޮލިސް މަގުމަތިން ފެންނަގޮތާއި ރަނގަޅުކުރުމަށް ކުރާނެ ކަންކަން ބުނެދެއްވިއެވެ. އަދި މަގުމަތީގައި ހިނގާ އެކްސިޑެންޓުތަކާއި އެހެނިހެން ތަފާތު ހާލަތްތަކުގައި ޓްރެފިކް ފުލުހުންގެ ކިބައިން ފެންނަ ރިވެތި އަހުލާގާއި ލިބޭ އެހީތެރިކަމާއި ކަންކަން ކުރަންވީ ގޮތް ބުނެދޭ މަންޒަރު ފެންނަމަނުންދާކަން ފާހަކުރެއްވިއެވެ. އަދި ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ކުރިން، ގަވާއިދާ ހިލާފަށް އެ މީހަކު ކުރި ނުވަތަ ކުރެވުނު ކަންކަން ބުނެދީ އަދި ފިޔަވަޅުއެޅި ސަބަބު ތަފްސީލުކޮށް ޓްރެފިކް ފުލުހުން ކިޔައިދޭކަން ފާހަގަކުރެއްވިއެވެ.

އަދި ޓްރެފިކް ޗެކްޕޮއިންޓުތައް ގާއިމުކުރުމުން ގިނަބަޔަކު ގަވާއިދާ އެއްގޮތަށް އަމަލުކުރާ މަންޒަރު މުޖުތަމައުން ފެންނަމުންދާ ކަމަށް ވެސް ޕްރެޒެންޓޭޝަންގައި ފާހަގަކުރެއްވިއެވެ. އަދި މަގުމަތި ބާރުބޮޑުވާ ހާލަތްތަކާއި އެކްސިޑެންޓްތައް ހިނގުމުން މަގުމަތި ހަމައަކަށް އެޅުވުމަށް ޓްރެފިކް ފުލުހުންގެ ފަރާތުން ފެންނަ އަވަސް ފިޔަވަޅުތައް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ކޮންމެ ފުލުހަކު ވެސް ރީތިކޮށް މުއާމަލާތުކޮށް ކޮންމެ ރައްޔިތަކާ މެދުވެސް ހަމަހަމަ އުސޫލަކުން ކަންކަންކުރުމަކީ ޓްރެފިކް ފުލުހުންގެ ކިބައިން އިތުރަށް ފެންނަން އެދޭ ކަމެއް ކަމަށް ޕްރެޒެންޓޭޝަންގައި ފާހަގަކުރެއްވިއެވެ. އަދި ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު އެޅުމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކަކީ ކޮބައިކަން އާންމު ރައްޔިތުންނަށް ފަސޭހައިން ފެންނާނޭހެން ނުވަތަ އެނގޭނޭހެން އޮންލައިން ޕްލެޓްފޯމެއް ގާއިމުކުރުމަށް ހިޔާލުދެއްވިއެވެ. އަދި ޓްރެފިކް ފުލުހުންނާ މެދު ރައްޔިތުން ދެކޭ ގޮތާއި ޓްރެފިކް ފުލުހުންގެ މަސައްކަތްތައް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާމެދު އާންމު ރައްޔިތުންގެ ހިޔާލު ހުށަހެޅޭނޭހެން މަހަކު އެއްފަހަރު ނަމަވެސް އޯޕަންޑޭ އެއް ބޭއްވުމާއި ރަނގަޅަށް މަސައްކަތްކުރާ ޓްރެފިކް ފުލުހުންގެ މަސައްކަތްތައް ފާހަގަކުރުމަށް ވެސް ޕްރެޒެންޓޭޝަށް މެދުވެރިކޮށް ހިޔާލުދެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC