
ކުމުންދޫ ކައިރިއަށް ދޯންޏެއް ބަންޑުންޖަހާލުން: ހާޅު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
# ދިވެހި ފުލުހުންގެ ޙިދުމަތް-
ހދ ކުމުންދޫ ކައިރިއަށް މިއަދު ހެނދުނު ބަންޑުންޖަހާލި ދޯނިން ހާލު ދެރަވި އެކަކު ނިޔާވެފައިވާކަން ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން ދާދި ދެންމެ އަކު ބުނީ ހދ ކުޅުދުއްފުށިން ށ ފުނަދޫއަށް 4 މީހުންނާއި އެކު ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯންޏެއް ކުމުންދޫ ކައިރިން ބަންޑުން ޖަހާލާފައިވާ ކަމަށް މިއަދު 8:55 އެހާކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެގޮތުން ދޯނި ބަންޑުން ޖަހާލި އިރު އޭގައި ތިބީ ދެ ދިވެހިންނާއި ދެ ބިދޭސީންކަމަށް ފުލުހުން ބުންޏެވެ.
ދޯނިން ދަތުރުކުރި 4 މީހުންވެސް ސަލާމާތްކޮށް ކުޅުދުއްފުއްޓަށް ގެންގޮސްފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ އެތަނުން 66 އަހަރުގެ ދިވެހި ފިރިހެނެއް ހާލު ދެރަވަގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް 10:30 އެހާކަންހާއިރު އެމީހާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
އަދި މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުންކަން ވަނީ ހާމަކޮށްފައި އެވެ.
މި ހާދިސާއާއި ގުޅިގެން ސިފައިން ހާމަކުރި މައުލޫމާތުގައި ވަނީ ބަންޑުޖަހާލާފައިވަނީ ލޯންޗެއް ކަމަށެވެ. އެގޮތުން އެ ލޯންޗު، ހދ. ކުމުންދޫ ކައިރިން ބަންޑުން ޖަހާލި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބުނީ މިއަދު ހެނދުނު 08:45 ހާއިރުކަމަށް ސިފައިން ވަނީ ބުނެފައި އެވެ.
ގުޅުންހުރި

ގެވެށި އަނިޔާގެ މައްސަލައެއްގައި ހިޔާ ފްލެޓެއް ފާސްކުރަނިކޮށް ފެނުނީ ގިނަ އަދަދެއްގެ ވޭޕް ފްލޭވަރ: 12 މިލިއަނުގެ ޖޫރިމަނާއެއް އަންނާނެ!

ޓްރެފިކް ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށް ޚާއްސަ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި

މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި
