
މެޕްގެ ގްރާންޓުގެ ދަށުން 6 ދަނޑުވެރިންނާއިއެކު އެއްބަސްވުމުގައި ސޮއިކޮށްފި
# މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ--
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ދަށުން ދަނޑުވެރިންނަށް މާލީ އެހީ ތެރިކަން ފޯރުކޮށް ދިނުމަށްޓަކައި, އެސްޑީއެފްސީ އާއިއެކު ހުޅުވާލި ގްރާންޓް ސްކީމްގެ ދަށުން، ދަނޑުވެރިންގެ އަމިއްލަގްރީން ހައުސް ޤާއިމްކުރުމަށް 6 ދަނޑުވެރިންނާއިއެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ދަނޑުވެރިންނާއި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމަށް ޕްރޮޖެކްޓް ގެ ފަރާތުން ތަޢާރަފް ކުރެވުނު ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަން ވިޔަފާރިއެއްގެ ސިފައިގައި ކުރިއަށްގެންދިއުމަށްޓަކައި މި ސްކީމް ގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ 2024 ގެ ތެރޭގައެވެ.
އެ ފުރުސަތުގެ ތެރޭގައި 68 ފަރާތަކުން ގްރާންޓަށް އެޕްލިކޭޝަން ފޮނުވިއެވެ. އިތުރު 16 ފަރާތެއްގެ އެޕްލިކޭޝަންތައް އަންނަނީ ބަލަމުންމެވެ.
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) އަކީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އަދި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން، ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ތަފާތު މަސައްކަތްތަކާއި ތަމްރީންތައް ހިންގުމަށް އުފައްދާފައިވާ ޕްރޮގްރާމެވެ.އަދި މެޕް ގެ ފަރާތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒަމާނީ ދަނޑުވެރިކަން ކުރިއެރުވުމަށާއި، ދަނޑުވެރިންނަށް ބޭނުންވާ ތަމްރީންތައް ފޯރުކޮށްދިނުމަށް ތަފާތު ގިނަ ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ.
ގުޅުންހުރި

މެޕްގެ ގްރާންޓުގެ ދަށުން 6 ދަނޑުވެރިންނާއިއެކު އެއްބަސްވުމުގައި ސޮއިކޮށްފި

މަގުމަތީގައި އުޅޭ ބުޅާތަކަށް ގޯނާކުރާކަމުގެ ޝަކުވާތަކާއިއެކު އިތުރު ބުޅާތައް ފެސިލިޓީއަށް ގެންދިޔުމަށް މަސައްކަތްކުރަނީ!

އެގްރިކަލްޗަ މިނިސްޓްރީއަށް އޭސީސީން ވަދެފި




