
އެގްރިކަލްޗަ މިނިސްޓްރީއަށް އޭސީސީން ވަދެފި
# މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރވެލާނާގެ: ފޮޓޯ | ސަން
އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއިން ތަހުގީގު ކުރަމުން އަންނަ ކޮރަޕްޝަންގެ މައްސަލައަކާއި ގުޅިގެން ފުލުހުންގެ އެހީތެރިކަމާއި އެކު އޭސީސީގެ އޮފިޝަލުން މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާއަށް ވަދެފި އެވެ.

މިނިސްޓްރީން މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ 2018 އިން ފެށިގެން ބަލަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް އެސީސީގެ އޮފިޝަލުން މިއަދު އެމިނިސްޓްރީ ހިންގަމުން އަންނަ އޮފީހަށް ވަދެފައިވާ ކަމަށެވެ. އަދި އޭސީސީގެ އޮފިޝަލުންގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް އަދިވެސް އެ އޮފީހުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ ހިންގަމުން އަންނަނީ ވެލާނާގޭގެ 7 ވަނަ ފަންގިފިލާގައި އެވެ.
މި މައްސަލައަކީ 2018 ވަނަ އަހަރުން ފެށިގެން އޭސީސީން ބަލަމުން އަންނަ މައްސަލައެއް ކަމަށް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އިރު މީގެ ކުރިން އެމިނިސްޓްރީއާއި ފިޝަރީޒް މިނިސްޓްރީ ހިންގަމުން އައި އެކު އެކީގައި އެއް މިނިސްޓްރީއެއްގެ ގޮތުގައި އެވެ. އެގްރިކަލްޗަރ މިނިސްޓްރީ ވަކި މިނިސްޓްރީއެއްގެ ގޮތުގައި ކަނޑައަޅައި ހިންގަން ފެށީ ރައީސް ޑރ މުހައްމަދު މުއިއްޒު 2023 ވަނަ އަހަރު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުންނެވެ.
މިހާރު ކުރިޔަށް ދާ ރެއިޑާއި ގުޅިގެން އަދި މިހާތަނަށް އޭސީސީން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ގުޅުންހުރި

މެޕްގެ ގްރާންޓުގެ ދަށުން 6 ދަނޑުވެރިންނާއިއެކު އެއްބަސްވުމުގައި ސޮއިކޮށްފި

މަގުމަތީގައި އުޅޭ ބުޅާތަކަށް ގޯނާކުރާކަމުގެ ޝަކުވާތަކާއިއެކު އިތުރު ބުޅާތައް ފެސިލިޓީއަށް ގެންދިޔުމަށް މަސައްކަތްކުރަނީ!

އެގްރިކަލްޗަ މިނިސްޓްރީއަށް އޭސީސީން ވަދެފި




