
ގާލްސް ޗެމްޕިއަންސް ކެޓަލިސްޓް 3 ވަނަ ބެޗްގެ ތަމްރީންތައް ފަށައިފި
# މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ--
މޯލްޑިވްސް އެގްރި ބިޒްނަސް(މެޕް) އިން ކުރިޔަށްގެންދާ ގާލްސް (ޖެންޑަރ އެކްޝަން ލަރނިންގ ސިސްޓަމް) ޗެމްޕިއަންސް ކެޓަލިސްޓް 3 ވަނަ ބެޗް ގެ ތަމްރީންތައް ފަށައިފިއެވެ.

3 ފެބްރުއަރީ އިން 11 ފެބްރުއަރީއަށް ހަނިމާދޫގައި ކުރިޔަށް ގެންދާ، ގާލްސް (ޖެންޑަރ އެކްޝަން ލަރނިންގ ސިސްޓަމް) އަކީ ގޭބިސީތައް ބާރުވެރިކުރުވުމުގެ މެތަޑޮލޮޖީއެކެވެ. މިއީ އަމިއްލައަށް އިސްނަގައިގެން އަދި މުޖުތަމަޢުގެ އިސްނެގުމުގެ ދަށުން ހެޔޮ ބަދަލުތަކެއް ގެނައުމަށް މަގުފަހިކޮށްދޭ ގޮތަށް މަޝްރޫޢުތަކަށް އިތުރު ފައިދާތަކެއް ހޯދައިދޭ މެތަޑޮލޮޖީއެކެވެ.
ވަރކްޝޮޕްގައި ބައިވެރިންނަށް ގާލްސްގެ 5 ޓޫލެއް އުނގަންނައިދެވެއެވެ. އަދި ގާލްސް މެތަޑޮލޮޖީއާ ބެހޭ މަޢުލޫމާތު ދެވޭނެއެވެ. މީގެ އިތުރުން ގާލްސް ފެސިލިޓޭޓްކުރުމުގެ ހުނަރާއި މަޢުލޫމާތު ތަރައްޤީކުރުމެވެ.
މި ތަމްރިންތަކުގައި އުގަންނައިދޭ ގާލްސް ގެ 5 ޓޫލްސް އަކީ
1- ތަސައްވަރު (ވިޝަން)
2- ތަސައްވަރުގެ ދަތުރު (ވިޝަން ޖާރނީ)
3- އުފާވެރި އާއިލީ ގަސް ( ހެޕީ ފެމިލީ ޓްރީ)
4- އާމްދަނީ އިތުރު ކުރެވޭ ގަސް ( އިންކަމް އިންކްރީސް ޓްރީ)
5- ޖެންޑަރ ޖަސްޓިސް ޑައިމަންޑް
މި ތަމްރީން ޕްރޮގްރާމްގައި މި ފަހަރުގެ ބޮޑު ތިލަދުންމަތީގެ 5 ރަށަކުން 7 ބައިވެރިންގެ އިތުރުން ޖެންޑަރ މިނިސްޓްރީން އިން އެއް މެންބަރަކު ބައިވެރިވިއެވެ. މިގޮތުން ހދ ނޮޅިވަރަމް - 2 ބައިވެރިން، ހދ ނޭކުރެންދޫ އިން 1، ހއ މޮޅަދޫ 1 ށ. ނަރުދޫ އިން 1 އަދި ށ. ފުނަދޫ އިން 2 ބައިވެރިން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން މި ވުޒާރާގެ ފަރާތުން 2 ބޭފުޅުން ބައިވެރިވެފައިވެއެވެ.
ރާއްޖޭގެ ބޭރުގެ ތަޖްރިބާކާރު ބޭފުޅުން އުގަންނަވައިދެއްވާ، މި ތަމްރީނު ފުރިހަމަކުރުމަށްފަހު ގާލްސް ޗެމްޕިއަންސްގެ ގޮތުގައި ތިބޭ ބައިވެރިން އެނބުރި އެމީހުންގެ ރަށްރަށަށް ދާނެއެވެ. އަދި އެމީހުންގެ ރަށްރަށުގައި ގާލްސް ޓޫލްސް ސެޝަންތައް ކުރިއަށް ގެންދާނެއެވެ.
ރަށު ދަނޑުވެރިންގެ ފޯރަމް (އައި.އެފް.އެފް) އަކީ މެޕްގެ މަޝްރޫޢު ހިންގާ ކޮންމެ ރަށެއްގައި އުފައްދާފައިވާ ދަނޑުވެރިންގެ ގްރޫޕް އެކެވެ. މި ގްރޫޕަކީ ދަނޑުވެރިންގެ ފޯރަމެވެ. މި އައި.އެފް.އެފްގެ މެނޭޖްމަންޓް ބޯޑުގައި ހިމެނެނީ:
- ޗެއަރޕާސަން
- ސެކްރެޓަރީ/ޚަޒާންދާރު
- ކައުންސިލް ފޯކަލް ޕޮއިންޓް
- ޒުވާނުންގެ ފޯކަލް ޕޮއިންޓް
- އަންހެނުންގެ ފޯކަލް ޕޮއިންޓް
- އެކްސްޓެންޝަން ލިންކް ދަނޑުވެރިޔާ
- މޯލްޑިވްސް އެގްރި ބިޒްނަސް (މެޕް)ގެ ހުރިހާ ޙަރަކާތްތަކެއް އަމާޒުކުރެވިފައިވަނީ އައި.އެފް.އެފް އަށެވެ. އެ ވަކި ރަށެއްގައި ދިރިއުޅޭ ކޮންމެ ދިވެއްސަކަށްވެސް އައި.އެފް.އެފްގެ މެންބަރަކަށް ވެވިދާނެއެވެ.
މިހާރު އައި.އެފް.އެފްތަކަކީ ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާތަކެއް ނޫނެވެ. ނަމަވެސް، މެޕުން އެފަރާތްތަކަށް ލަފާދެނީ އިންތިޒާމުވެ، ކޮންމެވެސް ގޮތަކަށް ރަޖިސްޓަރީވުމަށެވެ. އެއީ ކޮންމެ ރަށެއްގައިވެސް ރަޖިސްޓަރީކޮށްފައިވާ ދަނޑުވެރިންގެ ޖަމްޢިއްޔާއެއް އޮތުމަށްޓަކައެވެ.
ގާލްސް (ޖެންޑަރ އެކްޝަން ލަރނިންގ ސިސްޓަމް) ޗެމްޕިއަންސް ކެޓަލިސްޓް ގެ ދަށުން މީގެ ކުރިން 2 ބެޗެއް ވަނީ ތަމްރީންވެފައެވެ. އެގޮތުން މީގެ ކުރިން 10 ރަށަކުންވަނީ ޗެމްޕިއަންސް ތަމްރީން ވެފައެވެ.
ގުޅުންހުރި

މެޕްގެ ގްރާންޓުގެ ދަށުން 6 ދަނޑުވެރިންނާއިއެކު އެއްބަސްވުމުގައި ސޮއިކޮށްފި

މަގުމަތީގައި އުޅޭ ބުޅާތަކަށް ގޯނާކުރާކަމުގެ ޝަކުވާތަކާއިއެކު އިތުރު ބުޅާތައް ފެސިލިޓީއަށް ގެންދިޔުމަށް މަސައްކަތްކުރަނީ!

އެގްރިކަލްޗަ މިނިސްޓްރީއަށް އޭސީސީން ވަދެފި




