
ވިލިމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައި ޕާކްކުރާއިރު ސަމާލުވުމަށް ފުލުހުން އެދިއްޖެ
# ދިވެހި ފުލުހުންގެ ޙިދުމަތް-
ސައިކަލް ޕާކްކުރުމަށްޓަކައި ފެރީ ޓާމިނަލް ކައިރީގައި ކަނޑައަޅާފައިވާ ޕާކިންގ ޒޯންތަކުގައި ޕާކް ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިވަޑައިގެންފިއެވެ.

ފުލުހުން މިކަމަށް އެދިވަޑައިގަތީ ޤަވާއިދާ ޚިލާފަށް އެސަރަހައްދުގައި އުޅަނދުތައް ޕާކުކުރާ މައްސަލައާ ގުޅިގެންނެވެ.
ފުލުހުން ވިދާޅުވީ ވިލިމާލޭގެ ފެރީ ޓާމިނަލް ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ ބެޓްރި ސައިކަލްތައް ޓޯވ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެހެންކަމުން ފެރީ ޓާމިނަލް ކައިރީގައި ކަނޑައަޅާފައިވާ ޕާކިންގ ޒޯންތަކުގައި ޕާކް ކުރުމަށް ހާއްސަ ސަމާލުކަމެއް ދެެއްވުން ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.
ގިނަ ބަޔަކު ބޭނުންކުރާ މިފަދަ ސަރަހައްދުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކު ނުކުރެއްވުމަށް ފުލުހުން ވަނީ އެންމެހާ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ، މުޅި މުޖުތަމައުގެ ލާބައާއި މަންފާއަށް ކުރެވޭ މުހިންމު ކަމެއްގެ ގޮތުގައި ފުލުހުން ދެކެވެއެވެ.
ޕާކު ކުރުން މަނާ ސަރަޙައްދުތަކުގައި އާންމު ދަތުރުފަތުރަށް އުނދަގޫވާގޮތަށް ބަހައްޓާފައިވާ އުޅަނދުތަކާމެދު ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދާދި ފަހުންވެސް ވަނީ ވިދާޅުވެފައެވެ.
އެގޮތުން ގްރީން ޒޯން ސަރަޙައްދާއި ސަލްމާން މިިސްކިތް ހިމެނޭ ސަރަޙައްދުގެ އިތުރުން، ބޮޑުތަކުރުފާނު މަގުގައި ކަނޑައެޅިފައިވާ ޕާކިންގ ޒޯންތައް ފިޔަވާ އެ ނޫން ތަންތަނުގައި ޕާކް ނުކުރުމަށް ވަނީ އެދިފައެވެ. އަދި މާލޭގެ ބާރުބޮޑު ސަރަހައްދުގައި ބަރު އުޅަނދު ޕާކް ނުކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.
ގުޅުންހުރި

ޓްރެފިކް ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށް ޚާއްސަ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި

މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ކުމުންދޫ ކައިރިއަށް ދޯންޏެއް ބަންޑުންޖަހާލުން: ހާޅު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
