
-
ދުނިޔޭގެ ގާތުން ދިނުމުގެ ހަފްތާ ފާހަގަ ކުރުމުގެ ގޮތުން ދަމަނަވެށީގައި ތަފާތު ޙަރަކާތްތަކެއް ބާއްވައިފިއެވެ.

ދުނިޔޭގެ ގާތުން ދިނުމުގެ ހަފްތާގެ ގޮތުގައި ފާހަގަކުރަމުންދަނީ އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާއެވެ.
އެގޮތުން މި ހަފްތާ ފާހަގަ ކުރުމުގެ ގޮތުން ދަމަނަވެއްޓަށް ކިރަން ނުވަތަ ވެކްސިން ޖަހަން އަންނަ ފަރާތްތަކުގެ ތެރެއިން 6 މަސް ވަންދެން ހަމައެކަނި ގާތުން ދީފައިވާ މައިންނަށް އެކަން ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ހަނދާނީ ލިޔުމެއް ދެމުންދެއެވެ. އަދި އެފަދަ ކުދިންގެ ކިރާ ކާޑުގައި ޖެހުމަށް ޚާއްޞަ ސްޓޭޕެއް ތައްޔާރުކޮށް ކާޑުގައި ޖަހަމުން ގެންދެއެވެ.
މީގެ އިތުރުން މިހަފްތާގެ ޝިޢާރާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ދަމަނަވެށީގެ މުވައްޒަފުންނަށް ވަނީ ބާއްވާފައެވެ. މި ސެޝަން ނަންގަވައިދެއްވީ އޭ.ޑީ.ކޭ ހޮސްޕިޓަލުގެ ސީނިއަރ ދެ ނަރުހުންނެވެ.
ގުޅުންހުރި

ދިއްފުށީގައި ސިއްޙީ ދާއިރާގެ ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކޮށްފި

ޑިވެލޮޕްމަންޓަލް ޓްރެކިންގ ފޯމް' ރަސްމީކޮށް އިފްތިތާޙުކޮށްފި

ހއ. އަތޮޅު ހޮސްޕިޓަލުގައި ސީޓީ، މެމޮގްރަފީ އަދި އެކްސްރޭ ޚިދުމަތްދިނުމަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފި





