logoEN
Sto top
ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭ ވޯރކްޝޮޕެއް ފަށައިފި

ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭ ވޯރކްޝޮޕެއް ފަށައިފި

އަހުމަދު ޝުރާއު

logo

8/5/2025, 12:01:22 PM

# ހެލްތު މިނިސްޓްރީ

-

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ދެވޭ ސެޒޭޝަން ފަރުވާ އަދި ދުމާ ދުންފަތުގެ ނުރައްކަލުން މުޖުތަމައު ރައްކާތެރި ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ޓްރެއިނިންގ އޮފް ޓްރެއިނަރސް (ޓީއޯޓީ) ވާރކްޝޮޕެއް ބާއްވައިފިއެވެ.

Wamco

އޯގަސްޓް 4 އިން ފެށިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ވަރކްޝޮޕްގައި އަތޮޅުތެރެއިންނާއި މާލެ ސަރަޙައްދުން 35 ބައިވެރިން ވަނީ ބައިވެރިވެފައެވެ.

މި ވޯރކްޝޮޕަކީ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅިގެން ކުރިއަށް ގެންދެވޭ ތަމްރީނު ޕްރޮގްރާމެކެވެ.

މި ވޯރކްޝޮޕްގެ ބައިވެރިންނަށް ގައުމީ އަދި އަތޮޅު ފެންވަރުގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ އަމަލީ އަދި ފަންނީ ހުނަރު ލިބިގެން ދާނެއެވެ. އަދި މިކަމުގެ ތަމްރީނު ލިބިފައިވާ ބައިވެރިންގެ ނެޓްވާރކްއެއް ގާއިމު ވެގެންދާނެއެވެ.

މި ވޯރކްޝޮޕަކީ ދިވެހިރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސްއްކަތްތައް އިތުރަށް ހަރުދާނާކޮށް، ދުޅަހެޔޮ ވެއްޓެއް ގާއިމު ހުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މި މަސައްކަތަކީ ގައިންގަޔަށް ނާރާބަލިތަކުގެ އެންމެ ބޮޑު އެއް ހިރާސް ކަމުގައިވާ ދުންފަތް ކޮންޓްރޯލް ކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް ކުރެވިގެންދާ މުހިންމު މަސައްކަތެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC