logoEN
Sto top
އުއްތަމަ ފަނޑިޔާރު ކަމަށް ޣަނީ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

އުއްތަމަ ފަނޑިޔާރު ކަމަށް ޣަނީ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

އަހުމަދު ޝުރާއު

logo

8/5/2025, 12:10:22 PM

# އުއްތަމަ ފަނޑިޔާރު

-

ހުސްވެފައިވާ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

Wamco

ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހަށް އަބްދުލްގަނީގެ ނަން ފޮނުވުމާއިއެކު އިއްޔެ ހެނދުނު އެނަން ދިރާސާ ކުރުމަށް ވަނީ ޖުޑީޝަރީ ކޮމެޓީއަށް ފޮނުއްވާފައި އެވެ. އަދި އިއްޔެގެ މެންދުރު ކޮމެޓީން ވަނީ ގަނީއަށް ރުހުން ދީ ކޮމެޓީން އެނަން ފާސްކޮށްފައެވެ.

މަޖިލީހުގެ ތަޅުމުގައި މިއަދު ނެގުނު ވޯޓުގައި އުއްތަމަ ފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރުމަށް ފާސްކުރީ އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ އިއްތިފާގުންނެވެ.

އުއްތަމަ ފަނޑިޔާރުކަމުގެ މަގާމު ހުސްވީ، މީގެކުރިން އެ މަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން އެ މަގާމުން މިދިޔަ މަހުގެ 21 ގައި ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.

އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ޖޭއެސްސީން ހުޅުވައިލި ފުރުސަތު މިދިޔަ ހަފުތާގެ އަންގާރަ ދުވަހަށް ހަމަވި އިރު، އެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ތިން ފަރާތަކުންނެވެ. އެއީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދާއި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެވެ.

އެ ތިން ބޭފުޅުންނާ ޖޭއެސްސީން އިއްޔެ އިންޓަވިއުކުރި އިރު އޭގެ ތެރެއިން އެންމެ މަތިން މާކްސް ލިބިވަޑައިގެންފައިވަނީ އަބްދުލްގަނީ އަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC