logoEN
Sto top
އުއްތަމަ ފަނޑިޔާރަކަށް ގަނީ އައްޔަންކުރަން ކޮމެޓީން ފާސްކޮށްފި

އުއްތަމަ ފަނޑިޔާރަކަށް ގަނީ އައްޔަންކުރަން ކޮމެޓީން ފާސްކޮށްފި

އަހުމަދު ޝުރާއު

logo

8/4/2025, 7:18:12 AM

# އުއްތަމަ ފަނޑިޔާރު

-

ހުސްވެފައިވާ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ފާސްކޮށްފިއެވެ.

Wamco

ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހަށް އަބްދުލްގަނީގެ ނަން ފޮނުވުމާއިއެކު މިއަދު ހެނދުނު އެނަން ދިރާސާ ކުރުމަށް ވަނީ ޖުޑީޝަރީ ކޮމެޓީއަށް ފޮނުއްވާފައި އެވެ.

އުއްތަމަ ފަނޑިޔާރުކަމުގެ މަގާމު ހުސްވީ، މީގެކުރިން އެ މަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން އެ މަގާމުން މިދިޔަ މަހުގެ 21 ގައި ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.

އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ޖޭއެސްސީން ހުޅުވައިލި ފުރުސަތު މިދިޔަ ހަފުތާގެ އަންގާރަ ދުވަހަށް ހަމަވި އިރު، އެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ތިން ފަރާތަކުންނެވެ. އެއީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދާއި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެވެ.

އެ ތިން ބޭފުޅުންނާ ޖޭއެސްސީން އިއްޔެ އިންޓަވިއުކުރި އިރު އޭގެ ތެރެއިން އެންމެ މަތިން މާކްސް ލިބިވަޑައިގެންފައިވަނީ އަބްދުލްގަނީ އަށެވެ.

ކޮމެޓީން މިއަދު އެނަން ފާސްކުރުމާއި އެކު އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް އަބްދުލްގަނީ އައްޔަނުކުރުމަށް ފާސްކުރާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC