logoEN
Sto top
އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާކުރައްވަން ހުށަހަޅުއްވައިފި

އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާކުރައްވަން ހުށަހަޅުއްވައިފި

އަހުމަދު ޝުރާއު

logo

5/8/2025, 12:20:16 PM

# އުއްތަމަ ފަނޑިޔާރު

--

ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން އެ މަގާމުން ރިޓަޔާކުރުމަށް ހުށަހަޅުއްވައިފި އެވެ.

Wamco

އިތުބާރުހުރި މަސްދަރުތަކާއި ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އުއްތަމަ ފަނޑިޔާރު ރިޓަޔާވެ ވަޑައިގަތުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިހާރު ވަނީ ހުށަހެޅުއްވާފައި އެވެ. ނަމަވެސް އެމަނިކުފާނު ރަސްމީކޮށް ރިޓަޔާވެ ވަޑައިގަންނަވާނީ ރިޓަޔާމެންޓްގެ ފުރުސަތު ދެއްވަން ޖޭއެސްސީން ނިންމުމުންނެވެ.

ރިޓަޔާކުރައްވަން އުއްތަމަ ފަނޑިޔާރު ހުށަހެޅުއްވި އިރު އެމަނިކުފާނު ދާދި ފަހުން ވަނީ އެކަމުގެ އިޝާރާތެއް ދެއްވާފައި އެވެ. އެގޮތުން މަގާމުގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންނެވި ހަފްލާއެއްގައި އެމަނިކުފާނު ވަނީ ދެން އެ ހައިސިއްޔަތުން ރަސްމިއްޔާތަކުން ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެފައި އެވެ.

މިފަދަ ނިންމެމެވުމެއް ނިންމެވި އިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ. އަދި ސުޕްރީމް ކޯޓުގެ ފަޑިޔާރު ހުސްނޫސޫދު ވެސް ވަނީ ދާދި ފަހުން މަގާމުން އިސްތިއުފާ ދެއްވާފައި އެވެ.

އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް އައްޔަން ކުރެއްވީ ޑިސެމްބަރު، 2019 ގަ އެވެ. އޭގެކުރިން އެމަނިކުފާނު ވަނީ 2010 އިން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside