logoEN
Sto top
އަހަރުގެ ފުރަތަމަ ހަމަހުގެ ތެރޭގައި މަސް އެކްސްޕޯޓުކޮށްގެން  74 މިލިއަން ޑޮލަރުގެ އާމްދަނީއެއް!

އަހަރުގެ ފުރަތަމަ ހަމަހުގެ ތެރޭގައި މަސް އެކްސްޕޯޓުކޮށްގެން 74 މިލިއަން ޑޮލަރުގެ އާމްދަނީއެއް!

އަހުމަދު ޝުރާއު

logo

8/3/2025, 6:09:21 AM

# ފިޝަރީޒް މިނިސްޓްރީ

-

މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ރާއްޖެއިން މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ، މިދިޔަ އަހަރާ އަޅާބަލާއިރު 43 އިންސައްތަ އިތުރުވެފައިވާ ކަމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ޖޫން މަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

Wamco

އެމްއެމްއޭއިން އާންމުކުރާ ރާއްޖޭގެ އެކި ސިނާއަތުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރާ އަޅާ ބަލާއިރު މި އަހަރު މަސް އެކްސްޕޯޓު ކުރި މިންވަރު ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައެވެ. ރާއްޖެއިން ބޭރުކުރާ މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ މަހުގެ ބާވަތްތަކެވެ.

މަހުގެ އެކްސްޕޯޓަށް ބަލާއިރު، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޖުމްލަ 74 މިލިޔަން ޑޮލަރުގެ އާމްދަނީއެއް މަސް އެކްސްޕޯޓްކޮށްގެން ހޯދާފައިވެއެވެ. މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހޯދިފައިވަނީ 52 މިލިޔަން ޑޮލަރެވެ. މިއާއިއެކު މަސް އެކްސްޕޯޓުން ލިބުނު އާމްދަނީ 43 އިންސައްތަ ކުރިއަރާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ހާމަކޮށްފައި އެވެ.

މި އަހަރުގެ ފުރަތަމަ ހަމަސްދުވަހު މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ

• ޖަނަވަރީ: 8.6 މިލިޔަން ޑޮލަރު

• ފެބްރުއަރީ: 13.3 މިލިޔަން ޑޮލަރު

• މާރިޗު: 12.4 މިލިޔަން ޑޮލަރު

• އެޕްރީލް: 18.2 މިލިޔަން ޑޮލަރު

• މެއި: 11.2 މިލިޔަން ޑޮލަރު

• ޖޫން: 10.8 މިލިޔަން ޑޮލަރު

މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ އިތުރުވެފައިވަނީ، މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު އެކްސްޕޯޓު ކުރި މަހުގެ މިންވަރު އިތުރުވުމާ ގުޅިގެން ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

ފިޝަރީޒް މިނިސްޓްރީންވަނީ މި ކުރިއެރުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްގެ ގޮތުގައި ސިފަކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC