logoEN
Sto top
މަސްތުވާތަކެއްޗާއިއެކު މާލެއިން 10 މީހުންގެ ގްރޫޕެއް ހައްޔަރަށް: ކޯޓުން ބަންދުޖެހީ 3 މީހަކަށް!

މަސްތުވާތަކެއްޗާއިއެކު މާލެއިން 10 މީހުންގެ ގްރޫޕެއް ހައްޔަރަށް: ކޯޓުން ބަންދުޖެހީ 3 މީހަކަށް!

އަހުމަދު ޝުރާއު

logo

8/3/2025, 5:15:01 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކަ ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 10 މީހުން ހައްޔަރުކޮށްފިއެވެ.

Wamco

ފުލުހުން މިއަދު ބުނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް، އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު ތިންފުޅީ ބަނގުރާ އަދި މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.

އެގޮތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނީ 66.92 ގުރާމެވެ.

ޖުލައި 31 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކުރި 10 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭގެ ތެރެއިން ހަތްމީހުން ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ.

އަދި ހދ. ނޭކުރެންދޫ / ފްލާވަރހައުސް، ޢާއިޝަތު ފައިޚާ ޠާހާ (19އ) އާއި ނ. މަގޫދޫ / ސާމިޔާނާ، އަކްރަމް މުޙައްމަދު (28އ) ފަސްދުވަހަށް އަދި ސ. ހުޅުދޫ / ރޯޝަނީމާގެ، އަޙްމަދު ތައިސީރު (27އ) ހަތްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި ތިން މީހުން ބަންދު ކުރުމަށް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުގައި ޢާއިޝަތު ފައިޚާ ޠާހާގެ ޖީބުން ވަނީ މަސްތުވާތެކި ކަމަށް ބެލެވޭ އެއް ރަބަރު ޕެކެޓު ފެނިފައި އެވެ. އަދި އަކްރަމް މުޙައްމަދު އާއި އަޙްމަދު ތައިސީރު ހައްޔަރުކުރުމަށްފަހު މަސްތުވާތަކެއްޗަށް ޓެސްޓު ކުރި އިރު މަސްތުވާތަކެއްޗަށް ޕޮސިޓިވް ވެފައިވާކަންވެސް ވަނީ ކޯޓު އަމުރުތަކުގައި ފާހަގަކޮށްފައި އެވެ.

މި މައްސަލަ އާއި ގުޅިގެން ހައްޔަރުކުރި 10 މީހުންގެ ތެރޭގައި ގިނައީ އުމުރުން 27 އަހަރުން ދަށުގެ ޒުވާނުންނެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC