
އެމްޑީޕީ ހަރުގެއަށް ގެއްލުންދީގެން ހައްޔަރުކުރީ އެފަދަ ކަންކަމުގެ ރެކޯޑު އޮތް ރަޒީން!
# ދިވެހި ފުލުހުންގެ ޙިދުމަތް-
މާލޭގައި ހުންނަ އިދިކޮޅު އެމްޑީޕީގެ ހަރުގެއަށް ގެއްލުންދީފި އެވެ.

ފުލުހުން މިއަދު ބުނީ މާލޭގެ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ހަރުގެ ދޮރަށް ގެއްލުން ދިން މައްސަލައެއް 1 އޮގަސްޓު 2025 ވަނަ ދުވަހުގެ ރޭ 01:30 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެގޮތުން މި މައްސަލައާއި ގުޅިގެން މ ސްޓާ / މާލެ އުމުރުން 49 އަހަރުގެ މުހައްމަދު ރަޒީން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި އެވެ. ރަޒީން އަކީ މީގެ ކުރީންވެސް ތަންތަނަށް ގެއްލުން ދިނުމާއި އާންމު ތަންތަނުގެ އަމާންކަން ނަގާލުމުގެ ކުށުގައި ރެކޯޑު އޮތް މީހެކެވެ.
ފުލުހުން ބުނީ މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
ގުޅުންހުރި

އެމްޑީޕީ ހަރުގެއަށް ގެއްލުންދީގެން ހައްޔަރުކުރީ އެފަދަ ކަންކަމުގެ ރެކޯޑު އޮތް ރަޒީން!

ރައީސް މުއިއްޒުއަށް މަރުގެ އިންޒާރުދިން މަސީހުގެ ބަންދަށް 10 ދުވަސް!

ކަނޑުމަގުން ލ މާމެންދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
