
--
ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުއަށް މަރުގެ އިންޒާރު ދިން މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ސޯޝަލް މީޑިއާގައި ރައީސުލްޖުމްހުރިއްޔާއަށް ނިސްބަތްކޮށް މަރުގެ އިންޒާރު ދިން މައްސަލައާއި ގުޅިގެން ރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ތ ތިމަރަފުށީ ، މަލަސް ، އުމުރުން 25 އަހަރުގެ މަސީހު މޫސާއެވެ. އޭނާގެ ފޯނުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މީޑިއާ އޮފިޝަލް ރޭ ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ މަސީހު މޫސާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ރައީސުލްޖުމްހުރިއްޔާއަށް ނިސްބަތްކޮށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަންވެސް ފުލުހުން ހާމަކުރީ ރެއެވެ.
އެގޮތުން އެ އިންޒާރު ދީފައިވަނީ، މަސްތުވާތަކެތި އެތެރެކޮށް ވިއްކާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމާ ބެހޭ ގޮތުން މަޝްވަރާކުރަން ރައީސް އެންގެވުމާ ގުޅޭ ހަބަރަކާ ގުޅިގެން އާންމު މީހަކު ކުރި ޕޯސްޓެއްގައެވެ. ރައީސް ޑރ. މުއިއްޒުއަށް މި އިންޒާރު ދީފައިވަނީ ފޭސްބުކްގައި "މަސީޙް މޫސާ"ގެ ނަމުގައި ބޭނުންކުރާ އެކައުންޓަކުންނެވެ.
ގުޅުންހުރި

ރައީސް މުއިއްޒުއަށް މަރުގެ އިންޒާރުދިން މަސީހުގެ ބަންދަށް 10 ދުވަސް!

ކަނޑުމަގުން ލ މާމެންދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

ރައީސް މުއިއްޒުއަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މީހާ ހައްޔަރުކޮށްފި
