
ރައީސް މުއިއްޒުއަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މީހާ ހައްޔަރުކޮށްފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
ރައީސް ޑރ މުހައްމަދު މުއިއްޒު އަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ސޯޝަލް މީޑިއާގައި ރައީސުލްޖުމްހުރިއްޔާއަށް ނިސްބަތްކޮށް މަރުގެ އިންޒާރު ދިން މައްސަލައާއި ގުޅިގެން ތ ތިމަރަފުށީ ، މަލަސް ، އުމުރުން 25 އަހަރުގެ މަސީހު މޫސާ ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އޭނާގެ ފޯނުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ރައީސުލްޖުމްހުރިއްޔާއަށް ނިސްބަތްކޮށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަންވެސް ފުލުހުން ހާމަކުރީ މިރެއެވެ.
އެގޮތުން އެ އިންޒާރު ދީފައިވަނީ، މަސްތުވާތަކެތި އެތެރެކޮށް ވިއްކާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމާ ބެހޭ ގޮތުން މަޝްވަރާކުރަން ރައީސް އެންގެވުމާ ގުޅޭ ހަބަރަކާ ގުޅިގެން އާންމު މީހަކު ކުރި ޕޯސްޓެއްގައެވެ. ރައީސް ޑރ. މުއިއްޒުއަށް މި އިންޒާރު ދީފައިވަނީ ފޭސްބުކްގައި "މަސީޙް މޫސާ"ގެ ނަމުގައި ބޭނުންކުރާ އެކައުންޓަކުންނެވެ. އެ ކޮމެންޓު ކޮށްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި އެވެ.
ގުޅުންހުރި

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އޭދަފުށިން މީހަކު ހައްޔަރުކޮށްފި

ރާއްޖޭގެ އެންޓި-ސްކޭމް ސެންޓަރުގެ ބައިވެެރިވުމާއިއެކު ސްކޭމްގެ ވިއުގަތަކަށް އަމާޒުކޮށް ހިންގާ ބައިނަލްއަގުވާމީ އޮޕަރޭޝަން ފަށައިފި
.jpg&w=3840&q=75)
ބަންދުގައި ހުރި ބިދޭސީއަކަށް ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު ކަމުގެ އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވޭ - ފުލުހުން

.gif&w=3840&q=75)



