
ތުރާކުނާއި ވަށަފަރުގެ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަޝްރޫއު ޕާފެކްޓް މަލަފެހި މޯލްޑިވްސްއަށް!
# ހެލްތު މިނިސްޓްރީ-
ހއ ތުރާކުނާއި ވަށަފަރުގެ ސިއްހީ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަޝްރޫއު ސަރުކާރުން ކޮންޓްރެކްޓަރާއި ހަވާލުކޮށްފި އެވެ.

ސަރުކާރުން މި ދެ މަޝްރޫއު ހަވާލުކުރީ ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރިވެޓް ލިމިޓެޑާއި އެވެ.
މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތުގެ ނައިބު، އަލްއުސްތާޛް އިސްމާޢިލް ޒާހިރު އަދި ހަވާލުކުރެއްވި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ "ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް"ގެ މާކެޓިންގ ޑިރެކްޓަރ، މުޙައްމަދު ޢިމާދުއެވެ.
180 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަސައްކަތުގެ އަގަކީ 3.4 މިލިއަން ރުފިޔާއެވެ.
ތުރާކުނުގެ މަޝްރޫއު ސަރުކާރުން އެކުންފުންޏާއި ހަވާލުކުރީ 180 ދުވަހުގެ ތެރޭގައި ނިންމުމަށް 3.4 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން ތުރާކުނު ޞިއްޙީމަރުކަޒުގައި އޮފީސް، މީޓިންގ ހޯލް، ޕަބްލިކް ހެލްތު އޮފީސް، ސްޓޯ އަދި ލޯންޑްރީގެ ޖާގަ އިތުރުކުރެވިގެންދާނެއެވެ.
210 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި ވަށަފަރު ސިއްހީ މަރުކަޒު މަޝްރޫއުގެ އަގަކީ 4.8 މިލިއަން ރުފިޔާއެވެ. މި ޕްރޮޖެޓްގެ ދަށުން ވަށަފަރު ޞިއްޙީމަރުކަޒު ގައި ވޯޑަކާއި، ޕްރައިވެޓް ރޫމް، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޒަރ ރޫމް، ގަރާޖް އަދި ސްޓޯރ ރޫމް އިތުރުކުރެވިގެންދާނެއެވެ.