logoEN
Sto top
ފަރަސްމާތޮޑާއި ހޯޑެއްދޫގެ ފޯރިގަދަ ކުރިމަތިލުން އެއްވަރުވެ ގުރޫޕްގެ އެއްވަނަ ފަރަސްމާތޮޑާއަށް

ފަރަސްމާތޮޑާއި ހޯޑެއްދޫގެ ފޯރިގަދަ ކުރިމަތިލުން އެއްވަރުވެ ގުރޫޕްގެ އެއްވަނަ ފަރަސްމާތޮޑާއަށް

ހަސަން ޝަމްއޫން

logo

7/31/2025, 1:19:55 PM

# ދިވެހި ކުޅިވަރު # ގދ.އަތޮޅު ކައުންސިލް 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025

ހޯޑެއްދު އާއި ފަރަސްމާތޮޑާ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް

މިހާރު ތިނަދޫ ސިޓީގައި ކުރިއަށްދާ "ގދ.އަތޮޅު ކައުންސިލްގެ 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2025" ގެ ގުރޫޕް ބީގައި މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި ފަރަސްމާތޮޑާއި ހޯޑެއްދޫ ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ގުރޫޕްގެ އެއްވަނަ ފަރަސްމާތޮޑާއިން ގުރޫޕްގެ އެއްވަނަ ކަށަވަރުކޮށްފިއެވެ.

Wamco

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ހޯޑެއްދޫ ކުޅުނު ފުރަތަމަ މެޗުގައި 5-1 ގެ ނަތީޖާއަކުން ވާދަޫ އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި މަޑަވެލި އަތުން އެޓީމު މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. އަދި ފަރަސްމާތޮޑާގެ ފުރަތަމަ މެޗުގައި 7-1 ގެ ނަތީޖާއަކުން މަޑަވެލި އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި ވާދޫ އަތުން އެޓީމު މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ފަރަސްމާތޮޑާ އިންނެވެ. މިލަނޑު ފުރަތަމަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޝަޔާން އަހުމަދު ޝުއައިބް އެވެ. އަދި ހޯޑެއްދޫ އިން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަަނަ ހާފުގެ 30 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިޒް އިމާދުއެވެ.

މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހޯޑެއްދޫގެ އިޒް އިމާދުއެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން މިދެޓީމަށް ވެސް ހަތް ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ގުރޫޕްގެ އެއްވަނަ ފަރަސްމާތޮޑާ ހޯދިއިރު، ހޯޑެއްދުއަށް ލިބުނީ ގުރޫޕްގެ ދެވަނަ އެވެ. މިއާއެކު ސެމީގައި ފަރަސްމާތޮޑާއި ފިޔޯރީ ވާދަކުރަންޖެހުނުއިރު، ހޯޑެއްދޫ އިން ނުކުންނާނީ ތިނަދޫ ސިޓީއާއި ދެކޮޅަށެވެ.

26 ޖުލައި 2025 އިން 04 އޮގަސްޓް 2025 ގެ ނިޔަލަށް ތިނަދޫ ސިޓީގައި ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ގދ.އަތޮޅުގެ އަށް ރަށަކުން އަށް ޓީމު ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

މިމުބާރާތުގެ އެކްސްކުލޫސިވް ޕާޓްނަރއަކަށް މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން ހަމަޖައްސާފައިވާއިރު، ތިނަދޫ ސިޓީ ސްޓޭޑިއަމް ވަނީ މުބާރާތުގެ ކޯ-ޕާޓްނަރ އަކަށް ހަމަޖައްސާފައެވެ. އަދި މީގެ އިތުރުން މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރުންގެ ގޮތުގައި ތިނަދޫ ސިޓީ ކައުންސިލް، އާރުޑީސީ ތިނަދޫ ސިޓީ، ޕަބްލިކް ވޯކްސް ސަރވިސެސް، ތިނަދޫ ސިޓީ، ހުވަދޫ ރެކްރިއޭޝަން ، ހަވަރު ސްޕޯޓްސް، ކުލަބު ދަޑެކޮޑެއަންސް، ތިނަދޫ ސިޓީ އެފްސީ ގެ އިތުރުން އެމްޓީސީސީ ވަނީ ހަމަޖައްސާފައެެވެ.

މީގެ އިތުރުން މުބާރާތުގެ ސެކިއުރިޓީ ޕާޓްނަރަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އެވެ.ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު، މެޑިކަލް ޕާޓްނަރަކީ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ. އަދި ބެވަރެޖް ޕާޓްނަރުންގެ ގޮތުގައި ހެޕީ މާކެޓް އަދި ހަތްތެރި ކެފޭ ހަމަޖައްސާފައިވާއިރު، ރިފްރެޝްމެންޓް ޕާޓްނަރަކީ ވޮމެން އެމްޕަވަމެންޓް އެސޯސިއޭޝަން އޮފް ތިނަދޫ )ވީޓް އެވެ. އަދި ޕްރިންޓިންގ ޕާޓްމަރަކަށް ނޯވަޓެކް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އެންޓަޓެއިނިންގ ޕާޓްނަރަކީ ރައްފުށު ބޮޑުބެރު ގުރޫޕެވެ. އަދި މުބާރާތުގެ ލައިވް ކަވަރޭޖް ޕާޓްނަރަކަށް އިވެންޓް ކާސްޓް މޯލްޑިވްސް ހަމަޖައްސާފައިވާއިރު، އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC