
އޭޝިއަން ސާފިން މުބާރާތުގައި ވާދަކުރާ ގައުމީ ސާފިން ޓީމުތައް އިންޑިއާ އަށް
# ދިވެހި ކުޅިވަރު # މޯލްޑިވްސް ސާފިން އެސޯސިއޭޝަންސާފިން ގައުމީ ޓީމުތައް..އެމްއެސްއޭ
3 އޮގަސްޓް 2025 އިން 12 އޮގަސްޓް 2025 އަށް އިންޑިއާގެ ޓެމިލް ނާޑޫގައި އޮންނަ އޭޝިއަން ސާފިން ޗެންޕިއަންޝިޕުގައި ވާދަކުރަން ރާއްޖޭގެ ގައުމީ ސާފިން ޓީމުތައް އިންޑިއާ ދިއުމަށް ފުރައިފި އެވެ.

މި ފަހަރުގެ މުބާރާތުގައި ގައުމީ ސީނިއާ ފިރިހެން ސާފިން ޓީމުގެ އިތުރުން، ޖޫނިއާ އަދި އަންހެން ޓީމު ވެސް ވާދަކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމުތަކަށް އިރުޝާދު ދޭނީ، ހުސެއިން އަރީފް (އިބޫ) އެވެ. އަދި މިއީ ގައުމީ ޖޫނިއާ އަދި އަންހެން ޓީމުން ރާއްޖެއިން ބޭރުގައި އޮންނަ ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ގައުމީ ސީނިއާ ފިރިހެން ޓީމުގައި ހިމެނޭ އެތުލީޓުންނަކީ ކެޕްޓަން އަހުމަދު އާގިލް (އައްމަޑޭ)، އިސްމާއިލް ރަޝީދު (ސްމައިލީ) އަދި ހޫދު އަހުމަދު (ހޫބްސް) އެވެ. އަދި ޖޫނިއާ ޓީމުގައި ހިމެނެނީ ޔޫސުފް ކަޔާން ހަމްދާން ޒަކީ، ޔަސީން އަހުމަދު ނާޝިދު، ކަޔާން އަބްދުالله އަރީފް އެވެ. އަދި ގައުމީ ޖޫނިއާ އަދި ސީނިއާ ޓީމުގެ ސްކޮޑް އެކުލަވާލައިފައި ވަނީ މާލޭ ވަރުނުލާ ރާޅުގަނޑުގައި ބޭއްވި ޓްރަޔަލްތަކަށްފަހު އެވެ.
މީގެ އިތުރުން މި ފަހަރުގެ މުބާރާތުގައި ވާދަކުރާ އަންހެން ޓީމުގައި ހިމެނޭ އެތުލީޓުންނަކީ މަރިޔަމް ރާހިލް ނަސީމް (އާޔާ), ރިޝްތާ ޝުޖާއު އަދި ޝާޒިޔާ ސައީދު (ޝާޒު) އެވެ. މިދިޔަ ދެ އަހަރު ރާއްޖޭގައި ކުރިއަށްދިޔަ، މި މުބާރާތުގައި ރާއްޖޭގެ ސާފަރުން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން އިބޫ ވަނީ މި މުބާރާތުގެ ލޯ މެޑަލް ހޯދައިފަ އެވެ. އަދި ޓީމް އިވެންޓުން ރާއްޖެ އަށް ލޯ މެޑަލް ވަނީ ލިބިފަ އެވެ.
ގުޅުންހުރި
ތަފާތުބޮޑު ނަތީޖާއަކުން ނަޑެއްލާ ބަލިކޮށް ފިޔޯރީ އިން ސެމީގެ ޖާގައެއް ކަށަވަރުކޮށްފި
ޔައިލްގެ ފަސްލަނޑާއެކު ރަތަފަންދޫ ބަލިކޮށް ތިނަދޫ ސިޓީ އިން ގުރޫޕްގެ އެއްވަނަ ކަށަވަރުކޮށްފި
