logoEN
Sto top
ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ބ އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފަށައިފި

ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ބ އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފަށައިފި

އަހުމަދު ޝުރާއު

logo

7/28/2025, 5:23:55 AM

# އާރްޓީއެލް

-

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފަށަައިފި އެވެ.

Wamco

ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށް ސަރުކާރުން ކުރިއަށްގެންދާ އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްގެ ދަށުން، ޒޯން 2 ގައި ހިމެނޭ ބ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީގެ ހިދުމަތް ރަސްމީކޮށް ފެށީ މިއަދު ހެނދުނު އެވެ.

މި އަހަރު ޖުލައި މަސް ނިމުމުގެ ކުރީން ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފައްޓަވާނެ ކަމަށް، 22 ޖެނުއަރީ 2025 ގައި ރ.އުނގޫފާރު ރައްޔިތުންނާ މުޚާޠަބު ކުރައްވާ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވަނީ ވިދާޅުވެފައިއެވެ. އަދި 26 ޖޫން 2025 ގައި އެކްސް މެދުވެރިކުރައްވައި ކުރެއްވި މީސްމީޑިއާ ޕޯސްޓެއްގައިވެސް ޖުލައިމަހު ބ. އަތޮޅުގައި މި ޚިދުމަތް ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ބ. އަތޮޅުގެ ރައްޔިތުންނަށް މި ހިދުމަތްތަކާ އަހުލުވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން، މިއަދުން ފެށިގެން އޮގަސްޓް މަހުގެ 03 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރުތައް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައި އެވެ. މި އަހުލުވެރި ކުރުމުގެ ދަތުރުތަކަށް ފަހު، 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 04 ވަނަ ދުވަހުން ފެށިގެން، އާރް.ޓީ.އެލް ފެރީގެ ދަތުރުތައް ކުރިއަށް ގެންދާނީ ޓިކެޓް ނަގައިގެންނެވެ.

ޓިކެޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ކަސްޓަމަރުންނަށް، 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 01 ވަނަ ދުވަހުން ފެށިގެން، އާރް.ޓީ.އެލްގެ ވެބްސައިޓާއި މޯބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ޓިކެޓް ބައްލަވައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

މި ޕްރޮޖެކްޓްގެ ދަށުން ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅު، ނ. އަތޮޅު އަދި ރ. އަތޮޅުގައި މިހާރުވެސް މި ހިދުމަތް ފޯރުކޮށްދެމުންދާއިރު، ބ. އަތޮޅުގައި މި ހިދުމަތް ފެށުމާއެކު، ޒޯން 2 ގެ އަތޮޅުތެރޭގެ ހިދުމަތް ފުރިހަމަވީއެވެ. އަދި ކުރިއަށް އޮތްތަނުގައި ޒޯން 2 ގައި ހިމެނޭ ހަތަރު އަތޮޅު ގުޅާލުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

ބ. އަތޮޅުގައި މި ހިދުމަތް ފެށުމާއެކު، ރާއްޖޭގެ 11 އަތޮޅެއްގައި އާރް.ޓީ.އެލް ފެރީގެ ހިދުމަތް މިވަނީ ފެށިފައި އެވެ.

އާރް.ޓީ.އެލް ފެރީގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެވެ. މި މަޝްރޫޢަކީ މުޅި ރާއްޖެ ތިން ފިޔަވައްސަކަށް ބަހާލައިގެން، ހަ ޒޯނަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށް ގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ މައިގަނޑު މަގްސަދަކީ، ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު، ކުޑަ އަގެއްގައި، އަރާމުގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ ގޮތް މަގުފަހި ކުރުމާއި، އިގްތިސާދީ އަދި އިޖްތިމާޢީ ގޮތުންވެސް ފައިދާހުރި ނިޒާމެއް ގާއިމްކުރުމެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC