logoEN
Sto top
ވީއައިއޭގެ އައު ޓާމިނަލުގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ އިންތިޒާމު ހަމަޖައްސައިފި

ވީއައިއޭގެ އައު ޓާމިނަލުގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ އިންތިޒާމު ހަމަޖައްސައިފި

އަހުމަދު ޝުރާއު

logo

7/27/2025, 11:47:09 AM

# ރައީސް މުއިއްޒު

-

ރޭ ރަސްމީކޮށް ހުޅުވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްގައި ނަމާދު ވަގުތު ޖެހުމުން ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސައިފި އެވެ.

Wamco

މިކަން ހާމަކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އެވެ.

އެގޮތުން ރައީސްގެ ޕޯސްޓުގައު ވިދާޅުވީ ވެލާނާ އެއަރޕޯޓުގެ އާ ޓާރމިނަލް ގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސާ އެގޮތަށް ޢަމަލު ކުރަން މިއަދުގެ ޢަސްރު ނަމާދުން ފެށިގެން ވާނީ ފަށާފައި ކަމަށެވެ.

ރާއްޖޭގެ ޓާމިނަލެއްގައި ބަންގީގެ އަޑު އިވޭނެ އިންތިޒާމު ހަމަޖެހިގެން ގޮސްފައި މިވަނީ މުޅިން އަލަށެވެ. މިފަދައިން މިހާރު އަމަލުކުރަމުންދަނީ ދުނިޔޭގެ ވަރަށް މަދު އެއާޕޯޓުތަކެއްގައި އެވެ. އެގޮތުންވެސް އެންމެ ފާހަގަކޮށްލެވޭ އެއާޕޯޓުތަކަކީ ސައުދީގެ އެއާޕޯޓުތަކެވެ.

9 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ރާއްޖޭގެ މައި އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވީ ރޭ ބޭއްވި ވަރަށް ކުލަގަދަ ރަސްމިއްޔާތެއްގައި އެވެ. އަހަރަކު 7.5 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ މި ޓާމިނަލްގައި ޒަމާނީ ޓާމިނަލްތަކުން ފެންނާނެ ވަސީލަތްތައް ގާއިމްކޮށްފައިވެ އެވެ. އަދި ނަމާދުކުރާން ޚާއްސަ ތަންތަންވެސް ވަނީ މި ޓާމިނަލްގައި ގާއިމްކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC