logoEN
Sto top
މަސްތުވާތަކެތި ޓްރެފިކް ކުރާ ފަރާތްތަކަށް މަރުގެ އަދަބު ފަދަ ބޮޑެތި އަދަބުތަކެއް ދެވޭނެހެން ގާނޫނު އެކުލަވާލުމަށް ދިރާސާކުރަން ރައީސް އަންގަވައިފި

މަސްތުވާތަކެތި ޓްރެފިކް ކުރާ ފަރާތްތަކަށް މަރުގެ އަދަބު ފަދަ ބޮޑެތި އަދަބުތަކެއް ދެވޭނެހެން ގާނޫނު އެކުލަވާލުމަށް ދިރާސާކުރަން ރައީސް އަންގަވައިފި

އަހުމަދު ޝުރާއު

logo

7/30/2025, 5:39:02 PM

# ރައީސް މުއިއްޒު

-

މަސްތުވާތަކެތި ޓްރެފިކް ކުރާ ފަރާތްތަކަށް މަރުގެ އަދަބު ފަދަ ބޮޑެތި އަދަބުތަކެއް ދެވޭނެހެން ގާނޫނު އެކުލަވާލުމަށް ދިރާސާކުރަން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ކަމާބެހޭ ފަރާތްތަކަށް އަންގަވައިފި އެވެ.

Wamco

މިކަން ހާމަކުރެއްވީ މިރޭ އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އެގޮތުން ރައީސްގެ ޕޯސްޓުގައި ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމަޢު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ.

އެގޮތުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލްގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ގައުމު ތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް ވާނީ މިހާރު ދަންނަވާފައި ކަމަށް ރައީސް ހާމަކުރެއްވި އެވެ.

މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދެވެ. އެގޮތުން މި ބިލްގެ ފުރަތަމަ ކިޔުން މިދިޔަ އަހަރުގެ ޑިސެމްބަރު އިއްވާފައިވާއިރު މި އިސްލާހު ހުށަހެޅުމުގެ ބޭނުމުގެ ގޮތުގައި ބުނެފައިވަނީ، ރާއްޖޭގައި މަސްތުވާތަކެތިން ވިޔަފާރިކުރުމާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ވިޔަފާރި އިތުރަށް ފުޅާވެ، މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީއާއި މިކަމާއި ގުޅޭ ކުށްތައް އިތުރުވަމުންދާތީ އެކަންކަން ހުއްޓުވުމަށް ކަމަށެވެ. އެގޮތުން ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރުކުރުމަކީ މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ބުނެފައިވެ އެވެ. މީގެއިތުރުން ފަރުވާނެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ހުށަހަޅަންޖެހޭ އިސްލާހުތައްވެސް ބިލުގައި ފާހަގަ ކޮށްފައިވެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC