logoEN
Sto top
މާޅޮސް ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި ދެމީހަކު ފިހިއްޖެ

މާޅޮސް ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި ދެމީހަކު ފިހިއްޖެ

އަހުމަދު ޝުރާއު

logo

7/26/2025, 5:03:23 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

އއ މާޅޮސް ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި ދެމީހަކު ފިހިއްޖެ އެވެ.

Wamco

ފުލުހުން ދާދި ދެންމެއަކު ބުނީ މިރޭ 20:45 ހާއިރު އއ މާޅޮސް ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން ދެ ބިދޭސީއަކު ފިހިފައިވާ ކަމަށެވެ.

އަދި އެދެމީހުންނަށް މާޅޮސް ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި ހާދިސާގައި ދޯނީގައި ގޮވީ ކޯއްޗެއް ކަމެއް އަދި މިހާތަނަށް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނި މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC