logoEN
Sto top
ފުލުހުންގެ އޮޕަރޭޝަނަލް ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި

ފުލުހުންގެ އޮޕަރޭޝަނަލް ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި

އަހުމަދު ޝުރާއު

logo

7/30/2025, 8:03:57 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

“އޮޕަރޭޝަނަލް ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް 1” ގެ ނަމުގައި ކުރިއަށްގެންދިޔަ އެންހެންސްމަންޓް ޓްރެއިނިންގ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

Wamco

މި ޕްރޮގްރާމް ނިންމުމަށް ޖުލައި 29 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީންއެވެ. މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، އެސިސްޓެންޓް ކޮމިޝނަރ އޮފް ޕޮލިސް ހުސައިން ރަޝީދު އަދި ކަމާ ގުޅުންހުރި އެހެނިހެން ޑިޕާޓްމަންޓުތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

މި ޓްރެއިނިންގ ޕްރޮގްރާމަކީ ގޭންގު ގާނޫނު ތަންފީޒުކުރަން ގާތްވުމާއެކު، ގޭންގު ކްރައިމް އެންފޯސްމަންޓުން ތައްޔާރުވުމަށް ކުރިއަށް ގެންދިޔަ ޓްރެއިނިންގއެކެވެ.

ޖުލައި 5 އިން 25 އަށް މާލެއާއި ދޫނިދޫގައި ކުރިއަށްގެންދިޔަ މި ޓްރެއިނިންގގައި ބައިވެރިވެފައިވަނީ ގޭންގު ކްރައިމް ސަޕްރެޝަންގެ އޮޕަރޭޝަނަލް މަސައްކަތްކުރާ ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސް ޑިޕާޓްމަންޓުގެ ފުލުހުންނެވެ.

މި ޓްރެއިނިންގގައި، ބޭސިކް ކްރައިސިސް ނެގޯސިއޭޝަން، ޓެކްޓިކަލް ސުވިމިންގ ޓެކްޓިކްސް، ރެޕެލިން އެންޑް ކްލައިމްބިން ސްކިލްސް، ޓެކްޓިކަލް ބްރީޗިން، ހޭންޑް ޓު ހޭންޑް ކޮމްބެޓް، އެންޓްރީ އެންޑް ކްލިއަރިން ޓެކްޓިކްސް އަދި މި ހުރިހާ ބައިތައް ހިމެނޭހެން ފައިނަލް ސިނޭރިއޯ އެކްސްސަސައިޒްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ޓްރެއިނިންގ ކުރިއަށްގެންގޮސްފައިވަނީ ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ސްވޮޓް ޓީމުގެ ފަރާތުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC