
މާވަށުގައި ވަޅިން ހަމަލާދީ މަރާލި މޫސަގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހަދަނީ
# ދިވެހި ފުލުހުންގެ ޙިދުމަތް-
ލ މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ މިދިޔަ ހޯމަ ދުވަހު މަރާލި 29 އަހަރުގެ މޫސާ އިބްރާހީމްގެ އޮޓޮޕްސީއެއް ހެދުމަށް ފުލުހުން ނިންމައިފި އެވެ.

ފުލުހުން މިއަދު ބުނީ މާވަށުގައި ވަޅިން ހަމަލާދީ މަރާލި މޫސާ އިބްރާހީމްގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހެދުމަށް ތަހުގީހުން ނިންމާފައިވާ ކަމަށާއި ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން ކަމަށެވެ.
މި މައްސަލައާއި ގުޅިގެން މޫސައަށް ހަމަލާދިން ހދ ނޮޅިވަރަންފަރު އަސަރީ މަންޒިލް އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހިމް ވަނީ ހަމަ އެދުވަހު ފުލުހުންނާއި އަމިއްލައަށް ހަވާލުވެފައި އެވެ. އަދި އޭނާ ހައްޔަރުކޮށް ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައި އެވެ.
ބައެއް ފަރާތްތަކުން މައުލޫމާތު ދޭގޮތުގައި މުހައްމަދު އިބްރާހިމް ވަނީ މި މައްސަލައާއި ފުލުހުންނަށް އިއުތިރާފުވެފައި އެވެ. އަދި ހަމަލާދޭން ބޭނުންކުރި ވަޅި ވަނީ މާވަށު މޫދަށް ފީނައިގެން ހޯދާފައި އެވެ.
ނަމަވެސް މިކަމާއި ގުޅޭ މާބޮޑު ތަފްސީލެއް ފުލުހުން އަދި މިހާތަނަށް ހާމައެއް ނުކުރެއެވެ.
ގުޅުންހުރި

ރައީސް މުއިއްޒުއަށް މަރުގެ އިންޒާރުދިން މަސީހުގެ ބަންދަށް 10 ދުވަސް!

ކަނޑުމަގުން ލ މާމެންދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

ރައީސް މުއިއްޒުއަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މީހާ ހައްޔަރުކޮށްފި
