
މާވަށުގައި ޒުވާނަކު މަރާލުން: ހަމަލާދިން މީހާ ޝަރީއަތް ނިމެންދެން ބަންދަށް!
# ދިވެހި ފުލުހުންގެ ޙިދުމަތް-
ލ މާވަށުގައި އިއްޔެ ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލި މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ލ މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކުރީ އިއްޔެ 10:12 ހާއިރު އެވެ. އެ ހަމަލާގައި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށާއި މަރުވެފައިވަނީ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމް ކަމަށް ފުލުހުން އިއްޔެ ވަނީ ހާމަކޮށްފައި އެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުގެ މި މާރާމާރީއަކީ ދެމީހެއްގެ މެދުގައި ހިނގާފައިވާ މާރާމާރީއެއްކަން އެނގިފައިވާ ކަމަށާއި މި މައްސަލައިގެ ތުހުމަތުގައި ހދ ނޮޅިވަރަންފަރު އަސަރީ މަންޒިލް އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން މިއަދު ފުލުހުން ބުނީ ހައްޔަރުކުރި މުހައްމަދު އިބްރާހިމްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅޭ މާގިނަ ތަފްސީލެއް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައިނުވާއިރު ހަމަލާދިނުމަށް ބޭނުންކުރި ވަޅި އިއްޔެ ވަނީ މޫދުން ފުލުހުން ހޯދާފައި އެވެ. އަދި ހައްޔަރުކުރި މުހައްމަދު އިބްރާހިމް ފުލުހުންނާއި ހަވާލުވީ އަމިއްލައަށް ކަމަށްވެސް ވަނީ އެނގިފައި އެވެ.
ގުޅުންހުރި

ރައީސް މުއިއްޒުއަށް މަރުގެ އިންޒާރުދިން މަސީހުގެ ބަންދަށް 10 ދުވަސް!

ކަނޑުމަގުން ލ މާމެންދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

ރައީސް މުއިއްޒުއަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މީހާ ހައްޔަރުކޮށްފި
