
މަހަށް ނުކުމެ އުޅެނިކޮށް ހާލު ގޯސްވި މަސްވެރިއަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
މަހަށް ނުކުމެ އުޅެނިކޮށް ހާލު ގޯސްވި މަސްވެރިއަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފުލުހުން މިއަދު ބުނީ ޖުލައި 26 ވަނަ ދުވަހުގެ ހެނދުނު 08:51 އެހައިކަންހާއިރު، މ. މުލަކު ބޮޔަށް މަސްވެރިކަމަށް ނުކުމެ އުޅުނު "ފަރުމާ" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި މީހެއްގެ ސިއްހީ ހާލަތު ކުއްލިއަކަށް ގޯސްވެފައިވާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން، މ. މުލީ ޕޮލިސް ސްޓޭޝަނުގެ ފުލުހުންނާއި މ. މުލީ ރީޖަނަލް ހޮސްޕިޓަލްގެ މެޑިކަލް ޓީމެއް އެ ސަރަހައްދަށް ގޮސްފައިވާ ކަމަށެވެ.
އަދި އެ ޓީމުން ބަލިމީހާގެ ސިއްހީ ހާލަތު ވަޒަންކުރުމަށްފަހު، އިތުރު ފަރުވާ ދިނުމަށްޓަކައި މ. މުއްޔަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ އެމީހާގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށެވެ.
ގުޅުންހުރި

ރައީސް މުއިއްޒުއަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މީހާ ހައްޔަރުކޮށްފި

މިލަންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި

މާވަށުގައި ވަޅިން ހަމަލާދީ މަރާލި މޫސަގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހަދަނީ
