logoEN
WAMCO TOP 1
ފެންވަރު ރަނގަޅު ބޭސް ކަށަވަރުކުރުމަށް އިންޑިޔާއާއެކު އެއްބަސްވުމެއް!

ފެންވަރު ރަނގަޅު ބޭސް ކަށަވަރުކުރުމަށް އިންޑިޔާއާއެކު އެއްބަސްވުމެއް!

އަހުމަދު ޝުރާއު

logo

7/25/2025, 5:31:30 PM

# ރާއްޖެ - އިންޑިއާ

-

އިންޑިއަން ފާމަކޯޕީއަ ކޮމިޝަން (އައި.ޕީ.ސީ) އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އާ ދެމެދު ފާމަކޯޕީއާ އެއްބާރުލުމާ ބެހޭ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމް.އޯ.ޔޫ) ގައި ވަނީ ސޮއިކުރެވިފައެވެ.

THE TRAVELLER AD

މިކަމުގެ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޘިމް އިބްރާހިމްއެވެ. އަދި އިންޑިއާއިން ސޮއިކުރެއްވީ ހައި ކޮމިޝަނަރު ޝްރީ ޖީ. ބާލާސުބްރަމަނިއަންއެވެ.

ޞިއްޙަތާބެހޭ ވަޒީރު، އިންޑިއާ ސަރުކާރާއެކު ވެވުނު މި އެއްބަސްވުމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. މި ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ބޭސް ރެގިއުލޭޓްކުރުމުގެ އޮނިގަނޑާއި ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް އިންޑިއާ ސަރުކާރުން ދެއްވާ މުހިންމުކަން ދައްކުވައިދޭ ކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި އެމް.އޯ.ޔޫގައި ސޮއިކުރެވިގެން ދިޔުމަކީ ދެ ޤައުމުގެ ދެމެދުގައި ޞިއްޙީ ދާއިރާގެ އެއްބާރުލުން ވަރުގަދަކޮށްދިނުމަށް އެޅިގެންދިޔަ ފާހަގަކޮށްލެވޭ ބިންގަލެކެވެ.

މިއަދު ސޮއިކުރެވުނު އެމް.އޯ.ޔޫ އާއެކު، ދިވެހިރާއްޖެއިން އިންޑިއަން ފާމަކޯޕީއަ (އައި.ޕީ) ބަލައިގަންނާނީ ރާއްޖޭގައި އުފައްދާ އަދި އިމްޕޯޓްކުރާ ބޭސްތަކުގެ މިންގަނޑުތައް ކަނޑައަޅާ ރަސްމީ ފޮތެއްގެ ގޮތުގައެވެ. މިކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބޭ ބޭސްތަކުގެ ފެންވަރު ކަށަވަރުކުރުން އިތުރުވެ، ރެގިއުލޭޓަރީ މަރުޙަލާތައް ހަލުވިވެގެންދާނެއެވެ. އަދި އިންޑިއާއިން އެތެރެކުރާ ބޭސްތައް ދެވަނަ ފަހަރަށް ޓެސްޓްކުރަން ނުޖެހި، އިންޑިއާގެ އުފެއްދުންތެރިން ދޫކުރާ ސެޓްފިކެޓް އޮފް އެނަލިސިސް ދިވެހި އިދާރާތަކުން ސީދާ ބަލައިގަނެވޭނެ ނިޒާމު ހަމަޖެހިގެންދާނެއެވެ.

މި މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ ގެ ސަބަބުން ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެއެވެ. އެގޮތުން ފެންވަރު ބެލުމުގެ ތަޙްލީލުތަކަށް ބޭނުންވާ އިންޑިއަން ފާމަކޯޕީއާ ރެފަރެންސް ސްޓޭންޑަޑްސް (އައި.ޕީ.އާރް.އެސް) އަދި އިމްޕިއުރިޓީ ސްޓޭންޑަރޑްސް އައި.ޕީއާރް.އެސް މެދުވެރިކޮށް އެކަށީގެންވާ އަގުތަކެއްގައި ލިބިގެންދާނެއެވެ. މި އެއްބާރުލުމުގެ ސަބަބުން ޖެނެރިކް ބޭސްތައް ތައްޔާރުކުރުމަށް ރަނގަޅު ފުރުސަތުތަކެއް ހުޅުވި، ދިވެހިރާއްޖޭގައި ހެޔޮއަގުތަކެއްގައި ބޭސް ލިބުމަށް މަގުފަހިވެގެންދާނެއެވެ. ދިވެހިރާއްޖެ ފަދަ ޤައުމަކަށް، މި އެމް.އޯ.ޔޫގެ ސަބަބުން ފެންވަރު ރަނގަޅު ބޭސް ލިބުން ކަށަވަރުވެ، ރެގިއުލޭޓަރީ ބުރަތަކާއި އެކަމާ ގުޅުންހުރި ޚަރަދުތައް ކުޑަވެގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC