logoEN
PNC TOP 3
އިންޑިއާއިން ރާއްޖެއަށް ޕޯޓަބަލް ހޮސްޕިޓަލެއް ގޮތަށް ތައްޔާރުކޮށްފައިވާ ދެ ކިއުބް ހަދިޔާކޮށްފި

އިންޑިއާއިން ރާއްޖެއަށް ޕޯޓަބަލް ހޮސްޕިޓަލެއް ގޮތަށް ތައްޔާރުކޮށްފައިވާ ދެ ކިއުބް ހަދިޔާކޮށްފި

އަހުމަދު ޝުރާއު

logo

7/25/2025, 4:59:50 PM

# ރާއްޖެ - އިންޑިއާ

-

އެމަޖެންސީ މެޑިކަލް ރެސްޕޮންސް ހަރުދަނާ ކުރުމަށް އިންޑިއާ އިން ރާއްޖެއަށް އާރޮގްޔާ މައިތުރީ ހެލްތު ކިއުބް ހަދިޔާކޮށްފި އެވެ.

PNC MID 2

މި ހެލްތު ކިއުބް ހަވާލުކުރުމަށްޓަކައި ސަލްޓަން ޕާކުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު، ހިޒް އެކްސެލެންސީ ނަރެންދްރަ މޯދީ، އާއި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމްގެ އިތުރުން ދެގައުމުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އަރޯގްޔާ މައިތިރީ ހެލްތު ކިއުބް" އަކީ ޕޯޓަބަލް ހޮސްޕިޓަލެއް ގޮތަށް އެއްތަނުން އަނެއް ތަނަށް ގެންދެވޭ ގޮތަށް ދުނިޔޭގައި ތަރައްގީކުރި މީގެ ފުރަތަމަ ކިއުބެވެ.

މި ހެލްތް ކިއުބްގައި އައިސީޔޫ، އޮޕަރޭޝަން ތިއޭޓަރ، ޕަވަރ ޖަނަރޭޓަރ، ލޭގެ ޓެސްޓްތައް ހެދޭނެ ސާމާނާއި، އެކްސްރޭ މެޝިންފަދަ އާލާތްތައް ހިމެނެއެވެ. ބޮޑެތި ހާދިސާތަކުގައި ގިނަ ބަޔަކަށް ކުއްލި ފަރުވާގެ ޚިދުމަތް އެންމެ މަތީ ފެންވަރުގައި ފޯރުކޮށްދެވޭ ގޮތަށް ތަރައްގީ ކޮށްފައިވާ މި މެޑިކަލް ކިއުބަކީ މެދު ނުކެނޑި 72 ގަޑިއިރު އޮޕަރޭޓްކުރެވޭ އަދި 200 މީހުންނަށް ފަރުވާދެވޭނެ ގާބިލުކަން ހުރި ޕޯޓަބަލް ކިއުބެކެވެ.

މި ކިއުބްގެ ސެޓްއަޕް ރާވާލުމަށާއި، ފަރުވާގެ ކަންކަން ފެށުމަށް ނަގާނީ އެންމެ 12 މިނެޓެވެ.

މި ކިއުބްގައި އެކި ހާލަތްތަކުގައި ބޭނުންކުރާނެ ކިޓްތަކާއި ބޭހުގެ އިތުރުން ހާލަތައް ރިއާޔަތްކޮށް ހަދަންޖެހޭ ސެޓްއަޕް ހެދުމަށް ބޭނުންވާ ސާމާނު ހިމެނެއެވެ. އަދި މި ކިއުބް ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ "ބީޝްމް އެޕް" މެދުވެރިކޮށް މިނީ ކިއުބްތަކުގެ މައުލޫމާތު ލިބި، އޭގައި ހިމެނޭ ސާމާނު ޓްރެކް ކުރެވޭނެއެވެ.

އިންޑިއާއިން ހަދިޔާކުރާ މި ދެ ޕޯޓަބަލް ކިއުބް ހިންގުމުގައި ހަރަކާތްތެރިވާނީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމުންދާ މޯލްޑިވްސް އެމަޖެންސީ މެޑިކަލް ސަރވިސް (އީ.އެމް.އެސް) އިންނެވެ.

މޯލްޑިވްސް އެމަޖެންސީ މެޑިކަލް ސަރވިސް އަށް އިންޑިއާ ސަރުކާރުން ވަނީ "އަރޯގްޔާ މައިތިރީ ހެލްތު ކިއުބް" އާއި ގުޅޭ ޓްރޭނިންގ ޕްރޮގްރާމެއް ވެސް ބާއްވާފައެވެ.

22 ޖުލައިން ފެށިގެން 03 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޓްރޭނިންގ ޕްރޮގްރާމް ނަންގަވައިދެއްވީ އިންޑިޔާގެ ޑޮކްޓަރުންނާއި ޕެރަމެޑިކް އޮފިސަރުންގެ ޓީމަކުންނެވެ.

ރާއްޖޭގެ ފަރާތުން މި ޓްރޭނިންގ ޕްރޮގްރާމުގައި 20 ބޭފުޅުން ބައިވެރިވިއެވެ. އޭގެތެރޭގައި ޑޮކްޓަރުންނާއި، އިމަރޖެންސީ މެޑިކަލް ޓެކްނީޝަނުންނާއި، ބަޔޯމެޑިކަލް ބޭފުޅުންނާއި އަދި ނަރުހުން ހިމެނެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC