logoEN
PNC TOP 3
އިންޑިއާ ސަރުކާރުގެ އެހީގައި އިމާރާތްކުރި "ދޮށިމޭނާ" ބިލްޑިންގ ރަސްމީކޮށް ހުޅުވައިދެއްވައިފި

އިންޑިއާ ސަރުކާރުގެ އެހީގައި އިމާރާތްކުރި "ދޮށިމޭނާ" ބިލްޑިންގ ރަސްމީކޮށް ހުޅުވައިދެއްވައިފި

އަހުމަދު ޝުރާއު

logo

7/25/2025, 3:12:56 PM

# ރާއްޖެ - އިންޑިއާ

-

އިންޑިއާ ސަރުކާރުގެ އެހީގައި އިމާރާތްކުރި "ދޮށިމޭނާ" ބިލްޑިންގ ރަސްމީކޮށް ހުޅުވައިދެއްވައިފި އެވެ.

PNC MID 2

މި އިމާރާތް ރަސްމީކޮށް ހުޅުވާފައިވަނީ މިހާރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެވެ.

އެގޮތުން މި ރަސްމިއްޔާތުގައި މި އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އެވެ.

މި އިމާރާތަކީ އިންޑިއާ ސަރުކާރުގެ އެހީގައި ތަރައްޤީކޮށްފައިވާ އިމާރާތެކެވެ. މި އިމާރާތުގެ މަސައްކަތް ފަށާފައިވާނީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުގައެވެ.

10 ފަންގިފިލާގެ މި އިމާރާތުގައި ހިންގާނީ ދިފާޢީ ވުޒާރާގެ އިތުރުން ޚާއްސަކޮށް ކޯސްޓްގާޑްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ސަރުކާރުން ބުނެއެވެ. މި އިމާރާތަށް ނަމަކަށް ދީފައިވަނީ "ދޮށިމޭނާ" އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC