
-
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ރިޔާސަތުގައި، ދެ ޤައުމުން، ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންދަވާފައިވަނީ، ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހިރާއްޖެ އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިއަދުގެ މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން ވެދެއްވާ ދީލަތި އެހީއަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. މީގެ އިތުރުން، އިޤްތިޞާދީ ތަރައްޤީ، ދިފާޢީ ދާއިރާ، ވިޔަފާރި އާއި ވުނަކުރުން، އަދި މޫސުމީ ބަދަލުތަކުގެ ދާއިރާއިން އެއް ޤައުމު އަނެއް ޤައުމަށް ދޭ އެއްބާރުލުން އިތުރުކުރެވިދާނޭ ގޮތްތަކާ މެދުގައިވެސް ދެ ޤައުމުން މަޝްވަރާކުރައްވާފައިވެއެވެ.
ދެ ޤައުމުގެ ރަސްމީ މަޝްވަރާތައް ނިންމާލާފައިވަނީ، ޤާބިލުކަން އިތުރުކުރުމާއި، ސިއްޙީ ދާއިރާ އާއި، ފަތުރުވެރިކަން އަދި ކުޅިވަރުގެ ދާއިރާ ހިމެނޭހެން، ދެ ޤައުމުގެ މެދުގައި ގުޅުންތައް ހަރުދަނާކުރެވިގެންދާނޭކަމަށް ދެކިވަޑައިގަންނަވާކަމަށް، ރައީސުލްޖުމްހޫރިއްޔާ އާއި ބޮޑުވަޒީރު، އިއްތިފާގުވެވަޑައިގަންނަވަމުންވެ.
ގުޅުންހުރި

ސޯޝަލް މީޑިއާގައި ރައީސް މުއިއްޒުއަށް މަރުގެ އިންޒާރު ދިން މައްސަލައެއް ތަހުގީގުކުރަނީ

މަސްތުވާތަކެތި ޓްރެފިކް ކުރާ ފަރާތްތަކަށް މަރުގެ އަދަބު ފަދަ ބޮޑެތި އަދަބުތަކެއް ދެވޭނެހެން ގާނޫނު އެކުލަވާލުމަށް ދިރާސާކުރަން ރައީސް އަންގަވައިފި

ޞާބިރު އަވަހާރަވުމާ ގުޅިގެން، ތަޢުޒިޔާގެ ދަފްތަރެއް ހުޅުވުމަށް ރައީސް ނިންމަވައިފި
