
5 މިލިއަން ގަސް މަޝްރޫއުގެ ދަށުން މޯދީ ރާއްޖޭގައި ގަހެއް އިންގަވައިފި: އިންދެވީ އަނބު ގަހެއް!
# ރާއްޖެ - އިންޑިއާ--
ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ފެއްޓެވީ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިއަދު ރާއްޖޭގައި ގަހެއް އިންދަވައިފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ރާއްޖެއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޕްރޮގުރާމެކެވެ.
މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިއަދު ސަލްޓަން ޕާކްގައި އިންދެވީ އަނބު ގަހެކެވެ.
ވެރިކަމުގެ 5 އަހަރުގެ ތެރޭގައި 5 މިލިޔަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ހިންގެވުމަށް ނިންމަވާފައިވާކަން ރައީސް މުޢިއްޒު އިއުލާންކުރެއްވީ ތިމާވެށީގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ އެންމެ ބޮޑު ބައްދަލުވުންކަމުގައިވާ "ކޮޕް28"ގައެވެ.
މި ޕްރޮގްރާމް ރަސްމީކޮށް ފެށީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން މިދިޔަ އަހަރެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖޭގައި މިހާތަނަށް ހިންގާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 595000 ގަސް ވަނީ އިންދާފައިވާކަމަށް ސަރުކާރުން ހާމަކުރައްވައެވެ.
ގުޅުންހުރި

ރާއްޖެއާއި އިންޑިއާއާ ދެމެދު ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި

ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް މޯދީ ފުރާވަޑައިގެންފި

ނައިބު ރައީސް އިންޑިއާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި

.gif&w=3840&q=75)



