logoEN
PNC TOP 3
އިންޑިއާ ވެގެންދާނީ ރާއްޖޭން ބޭނުންޖެހޭ ކޮންމެ ދަނޑިވަޅެއްގައިވެސް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭނެ ޤައުމަށް - މޯދީ

އިންޑިއާ ވެގެންދާނީ ރާއްޖޭން ބޭނުންޖެހޭ ކޮންމެ ދަނޑިވަޅެއްގައިވެސް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭނެ ޤައުމަށް - މޯދީ

އަހުމަދު ޝުރާއު

logo

7/25/2025, 2:07:29 PM

# ރާއްޖެ - އިންޑިއާ

--

އިންޑިއާ ވެގެންދާނީ ރާއްޖޭން ބޭނުންޖެހޭ ކޮންމެ ދަނޑިވަޅެއްގައިވެސް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭނެ ޤައުމަށްކަމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

PNC MID 2

މޯދީ މިފަދައިން ވިދާޅުވީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އާއި އެކު ދެއްވި ޖޮއިންޓް ސްޓޭޓްމެންޓުގައި ދެއްކެވި ވާހަކަފުޅުގައި އެވެ.

އެގޮތުން މޯދީ ވިދާޅުވީ ރާއްޖެއަކީ އިންޑިއާގެ އަވަށްޓެރި ޤައުމުތަކުގެ ތެރެއިން އެންމެ ގާތް ޤައުމު ކަމަށާއި އިންޑިއާ ސަރުކާރުން ގެންގުޅުއްވާ "ނެއިބަރހުޑް ފަރސްޓް" ޕޮލިސީއާއި "މަހާސާގަރު" ތަސައްވުރުގައިވެސް ރާއްޖެއަކީ މުހިންމި ހިއްސާއެއް ކަމަށެވެ. އަދި ދެގައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ މިއަހަރަށް 60 އަހަރު ފުރުން ފާހަގަކުރި ނަމަވެސް ދެ ޤައުމުގެ ގުޅުމަކީ އެއަށްވުރެ ޒަމާންވީ ގުޅުމެއްކަން މޯދީ ފާހަގަކުރެއްވި އެވެ.

ރާއްޖެ އެންމެ އިތުބާރުކުރާ ޤައުމަށް އިންޑިއާވުމަކީ ލިބިވަޑައިގަންނަވާ ފަޚުރެއް ކަން ފާހަގަކުރައްވައި މޯދީ ވިދާޅުވީ އިންޑިއާ ވެގެންދާނީ ރާއްޖޭން ބޭނުންޖެހޭ ކޮންމެ ދަނޑިވަޅެއްގައިވެސް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭނެ ޤައުމަށް ކަމަށެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތަކަކީ ރާއްޖޭގެ ތަރައްގީއަށް މުހިންމު މަޝްރޫއުތަކެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރަހައްދީ ހަމަޖެހުމާއި ކުރިއެރުމަށް ދެ ޤައުމު ގުޅިގެން އަބަދުވެސް މަސައްކަތްކުރާނެކަން ފާހަގަކުރައްވައި މޯދީ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދެ ޤައުމަށްވެސް ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާކަމަށާއި އިއާދަކުރަނިވި ހަކަތައަށް ޚާއްސަ އިސްކަމެއް ދެއްވައި އެ ދާއިރާއިން އިންޑިއާގެ ތަޖުރިބާ ރާއްޖެއާ ހިއްސާ ކުރައްވާނެކަމަށެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ރައީސް މުޢިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި މަޝްވަރާ ކުރެވުނު ކަންކަން މިއަދު ހަގީގަތަކަށް ވެގެންދިއުމަކީ ދެ ޤައުމުގެ ގާތް ގުޅުމުގެ ހެއްކެއް ކަމަށްވެސް މޯދީ ވިދާޅުވިއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC