
-
އިންޑިއާއިން ދިވެހި އަސްކަރިއްޔާއަށް ގިނަ އަދަދެއްގެ އުޅަނދު ހަދިޔާކޮށްފި އެވެ.

މި ތަކެތި ދިވެހި ސަރުކާރާއި ހަވާލުކޮށްފައިވަނީ މިހާރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެވެ.
އެގޮތުން ދެ ޤައުމުގެ ދެމެދު މުހިންމު ދާއިރާތަކުން އެއްބަސްވުން ބަދަލުކުރުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖޭގެ އަސްކަރިއްޔާއަށް ހަދިޔާކޮށްފައިވަނީ 72 އުޅަނދެވެ.
އިންޑިއާ ސަރުކާރުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. އަދި މިތަކެތީގެ ރަމްޒީ ތަޅުދަނޑިއާ ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ވެހިކަލްތަކުގެ ތެރޭގައި ހިމެނެނީ 8 ބަހާއި 10 ޕިކަޕާއި 10 ކުދި ވޭނާއި 10 ވޭނާއި 5 ލޮރީއާއި 8 ޓްރެކްޓަރާއި ޓިޕަރ ޑަމްޕް ޓްރަކާއި 4 ބެކްހޯ ލޯޑަރާއި 4 ބެކްހޯ ލޯޑަރާއި 2 ކެރޭނާއި 6 މިނީ އެކްސްކަވޭޓަރުގެ އިތުރުން 5 އެކްސްކަވޭޓަރެވެ.
މިތަކެތީގެ އިތުރުންވެސް އިންޑިއާ ސަރުކާރުން މިއަދު ވަނީ ރާއްޖެއަށް ސިއްހީ އެކިއުޕްމެންޓުވެސް ހަދިޔާކޮށްފައެވެ.
ގުޅުންހުރި

ރާއްޖެއާއި އިންޑިއާއާ ދެމެދު ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި

ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް މޯދީ ފުރާވަޑައިގެންފި

ނައިބު ރައީސް އިންޑިއާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި

.gif&w=3840&q=75)



