logoEN
Sto top
ޒަމާނީ ޓެކްނޮލޮޖީގެ ކަނދުފަތީގެ މަޝްރޫއު: އަންނަ އަހަރު ކުރީކޮޅު  ޕްރޮޓޯޓައިޕް ދެ ކަނދުފަތި ހަރުކުރާނެ!

ޒަމާނީ ޓެކްނޮލޮޖީގެ ކަނދުފަތީގެ މަޝްރޫއު: އަންނަ އަހަރު ކުރީކޮޅު ޕްރޮޓޯޓައިޕް ދެ ކަނދުފަތި ހަރުކުރާނެ!

އަހުމަދު ޝުރާއު

logo

7/24/2025, 3:16:03 PM

# މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

-

ދިވެހިރާއްޖޭގެ ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އައު ފަރުމާއަކަށް ބަދަލުކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

Wamco

ފިޝަރީޒް މިނިސްޓްރީން ބުނީ 1980 ގެ މެދުތެރޭގައި ރާއްޖޭގައި ފުރަތަމަ ކަނދުފަތި ގާއިމްކުރި ފަހުން، ކަނދުފަތީގެ ފަރުމާއަށް ގެނައި ބަދަލުތަކާއެކު، މިހާރު ބޭނުންކުރަމުންދަނީ ވިއްސަކަށް އަހަރު ކުރިން ތައްޔާރުކުރެވުނު ފަރުމާއެއް ކަމަށާއި ނަމަވެސް ކަނދުފަތި ކަނޑައިގެންދާ މިންވަރު މަދުކޮށް، އޭގެ އުމުރު އިތުރުކުރުމަށްޓަކައި މި ފަރުމާ އިތުރަށް ތަރައްގީކުރުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކުރެވޭ ކަމަށެވެ.

އެގޮތުން މިކަމަށް ހައްލު ގެނެސް ޒަމާނި ކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމްޢިއްޔާ (އެފްއޭއޯ)ގެ އެހީތެރިކަން ލިބިފައިވާއިރު، މި އަހަރުގެ ޖެނުއަރީ މަހު ފެށުނު މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ކަނދުފަތީގެ ޑިޒައިން ކޮންސެޕްޓް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި މި އަހަރުގެ ތެރޭގައި ކަނދުފަތީގެ ޑިޒައިނާއި ބޭނުންކުރާނެ މެޓީރިއަލް ނިންމުމަށްފަހު ޕްރޮކިއުމަންޓްގެ މަސައްކަތް ފެށޭނެ ކަމަށާއި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި ޕްރޮޓޯޓައިޕް ދެ ކަނދުފަތި ހަރުކުރުމަށް ރޭވިފައިވާކަންވެސް މިނިސްޓްރީން ފާހަގަކުރެއެވެ.

މީގެއިތުރުން، 2025 ވަނަ އަހަރު ވާރލްޑް ބޭންކްގެ އެހީގައި އިތުރު މަޝްރޫޢެއް ފެށިގެންދާނެ ކަން ފާހަގަކޮށް މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ދަށުން ކަނދުފަތީގެ ވިއުގަ ބެލެހެއްޓުން ހަރުދަނާކޮށް، ކަނދުފަތި ސަރަހައްދުގައި މަސް ހުރި މިންވަރު ދެނެގަނެ، އެ މަޢުލޫމާތު މަސްވެރިންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާކުރުމަށްޓަކައި، ކަނދުފަތި ތައްޔާރުކުރާ އިތުރު ސެންޓަރުތަކެއް ދިވެހިރާއްޖޭގެ ދެ ސަރަޙައްދެއްގައި ގާއިމުކުރުމަށް ވަނީ ކަނޑައަޅައިފައެވެ. މިގޮތުން ގާއިމުކުރާ ފުރަތަމަ ސެންޓަރު ށ.ފުނަދޫގައި ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC