logoEN
WAMCO TOP 1
އައު ޓާމިނަލް ހުޅުވުމުގެ ފަހުގެ ތައްޔާރީތަކުގައި ވެމްކޯ މުވައްޒަފުންވެސް އެހީތެރިވަނީ!

އައު ޓާމިނަލް ހުޅުވުމުގެ ފަހުގެ ތައްޔާރީތަކުގައި ވެމްކޯ މުވައްޒަފުންވެސް އެހީތެރިވަނީ!

އަހުމަދު ޝުރާއު

logo

7/24/2025, 12:40:00 PM

# ވެމްކޯ

-

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު، ވީއައިއޭގެ އައު ޓާމިނަލް ހުޅުވުމުގެ ތައްޔާރީތަކުގައި ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަންގެ މުވައްޒަފުންވެސް ހަަރަކާތްތެރިވަމުން އަންނަކަން އެކުންފުނީން ހާމަކޮށްފި އެވެ.

THE TRAVELLER AD

ވެމްކޯއިން މިއަދު ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް އެތަން ފޮޅާސާފުކުރުމާއިއެކު ޒީނަތްތެރިކުރުމުގެ އެންމެ ފަހުގެ މަސައްކަތްތަކުގައި އެކުންފުނީގެ ހޮބާ ހިދުމަތުގެ މުވައްޒަފުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެގޮތުން ވެމްކޯގެ ގިނަ މުވައްޒަފުންތަކެއް މިހާރުވެސް ދަނީ ޓާމިނަލްތެރެ ސާފު ކުރުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވަމުންނެވެ.

ހޮބާ ހިދުމަތަކީ ވެމްކޯއިން ދެމުންދާ ހިދުމަތްތައް ފުޅާކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ވިޔަފާރިތަކަށްވެސް ޚާއްސަކޮށްގެން އެކުންފުނިތަކުގެ އޮފީސްތަކާއި އިމާރާތްތައް ފޮޅާ ސާފުކުރުމަށްޓަކައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ފެށި ހިދުމަތެކެވެ.

ވެމްކޯގެ އިތުރުން ސަރުކާރުގެ އެހެން ކުންފުނިތަކުންވެސް ދަނީ ގައުމީ މި މައްސަކަތުގައި އެމްއޭސީއެލްއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ ޖުލައި 26 ގައި ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރޭގަނޑުއެވެ.

ކޮމެންޓް
ފަހުގެ
HDC