
މަސްވެރިކަން ކުރިއަރުވާ އެއްބާރުލުން ދެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން އދ ގެ މަންދޫބާއިއެކު މަޝްވަރާކޮށްފި
# މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ--
އދ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު އަދްނަން ޗީމާ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއާއި ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުން ކުރިއަށް ދިޔައީ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ވުޒާރާއިން އިސްކަންދޭ ކަންތައްތަކާއި ދެމެހެއްޓެނިވި މަސްވެރިކަމަށް އެހީތެރިވުމުގައި މޯލްޑިވްސް މެރިން ރިސާޖްސެންޓަރުގެ މުހިން ދައުރަށް ވަޒީރު އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުވުމުގައި މަސްވެރިކަން ކުރިއަރުވާ އެއްބާރުލުން ދެވިދާނެ ދާއިރާތަކާއި އެއްބާރުލުން ދިނުމާސް ކުރެވިދާނެ މަސައްކަތްތަކާއި ގުޅެގޮތުން މަޝްވަރާކުރެއްވި އެވެ.
މަސް ޕްރޮސެސިން ރަނގަޅުކުރުމުގެ ތެރެއިން ވެލިއު އެޑިޝަން އިތުރުކުރުމާއި، ދެމެހެއްޓެނިވި ފައިނޭންސިން މެކޭނިޒަމްތައް ކުރިއެރުވުމާއި، ކުދި މަސް ޕްރޮސެސްކުރުމުގައި ބައިވެރިވާ އަންހެނުން ބާރުވެރިކުރުވުމާއި، މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ގުޅުންހުރި

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ 20 އަހަރުގެ މާސްޓަރ ޕްލޭންގެ ދެވަނަ މަޝްވަރާ މަސައްކަތު ބައްދަލުވުން ބާއްވައިފި

އައި.އޯ.ޓީ.ސީ ގެ 30 ވަނަ އަހަރީ ބައްދަލުވުން ރާއްޖޭގައި ރަސްމީކޮށް ފަށައިފި

ހުއިފިލަނޑާ އެކްސްޕޯޓް ކުރާ ފަރާތްތަކަށް ހުރި ދަތިތައް ހައްލުކުރުމަށް މަޝްވަރާކޮށްފި




