
-
ވާވު އަތޮޅުގެ މަޝްހޫރު ޝިޕްވްރެކު އޮޔާދާން ފަށަައިފި އެވެ.

ސިފައިން ރޭ ބުނީ ވާވު އަތޮޅު ކެޔޮދޫ ކައިރީގައި ފަރަށް އަރާފައި އޮންނަ ބޯޓު ފަރުން ނެއްޓިގެން، އެ އަތޮޅުގެ ތެރެއިން ހުޅަނގު އުތުރަށް އޮޔާދާން ފަށާފައިވާ ކަމަށެވެ.
އަދި މިބޯޓު އޮޔާދާނެ ކަމަށް ލަފާކުރެވެނީ ވާވު އަތޮޅު ތެރެއިން ގޮސް އަލިހުރަސް ކަނޑާ ދިމާލަށް ކަމަށެވެ.
އެހެންކަމުން ވާވު އަތޮޅު ވަށައިގެންވާ ކަނޑުގެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވުމަށާއި އަދި ޚާއްޞަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ސިފައިން ވަނި އިލްތިމާސްކޮށްފައެވެ.
ވާވު ޝިޕްރެކް ސަރަހައްދަކީ ވ. އަތޮޅުގެ ލޯކަލް ޓޫރިޒަމް ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރި ޓޫރިސްޓް އެޓްރެކްޝަނެކެވެ. ނަމަވެސް މިދިޔަ ޖެނުއަރީ މަހު ކުރީކޮޅު ކުރި ގަދަ ވިއްސާރާގައި އެ ބޯޓަށް ވަރަށް ބޮޑަށް ގެއްލުންވެ އެބޯޓު ވަނީ ފުށުން ޖަހާލައިފަ އެވެ.
ގުޅުންހުރި

ވާވު ޝިޕްވްރެކް ފަރުން ނެއްޓި، އޮޔާދާތީ ސަމާލުވާން އެދެފި

ކާށިދޫ ކަނޑަށް ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލައިިފި: މީހުންގެ ސަލާމާތްކުރުމުގެ މަސައްކަތް ސިފައިން ކުރަނީ

ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަސް މިފަހަރުވެސް ސިފައިން ކުރީ ސަފުގައި!
