logoEN
Sto top
ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަސް މިފަހަރުވެސް ސިފައިން ކުރީ ސަފުގައި!

ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަސް މިފަހަރުވެސް ސިފައިން ކުރީ ސަފުގައި!

އަހުމަދު ޝުރާއު

logo

6/14/2025, 6:00:03 AM

# ދިވެހި ސިފައިން

--

1446 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

Wamco

އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދަނީ "ޙައްޖު އޮޕަރޭޝަން 2025" ނަމުގައި، ސަރުކާރުން ޙައްޖާޖީންނަށް ކަނޑައަޅާފައިވާ އިންތިޒާމްތައް ހަމަޖައްސައިދިނުމުގައި އިސްލާމިކް މިނިސްޓްރީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން، ޖޫން 13ވަނަ ދުވަހު ފެށި ޚާއްޞަ އޮޕަރޭޝަނުގެ ތެރެއިންނެވެ.

މި އޮޕަރޭޝަނުގައި، ޙައްޖާޖީން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އެނބުރި އައުމުން ސަރުކާރުން ކަނޑައަޅާފައިވާ އިންތިޒާމްތައް ހަމަޖައްސައިދިނުމުގައި އެހެނިހެން މުއައްސަސާތަކާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން މަސައްކަތްކުރާނެއެވެ.

މީގެ ކުރިން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ވަނީ މި އޮޮޕަރޭޝަނުގައި ޙައްޖާޖީން ރާއްޖެއިން ފުރި ދުވަސްތަކުގައި، މާލެއިން އެއަރޕޯޓަށް ލަގެޖުތައް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އެއަރޕޯޓުގައި އެކިއެކި އިންތިޒާމްތައް ހަމަޖައްސައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދީ، އެއަރޕޯޓު ޓަރމިނަލްގައި ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާ ބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތްކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside