logoEN
Sto top
އެމެރިކާ އަސްކަރިއްޔާއާއި އެކު ކުރިޔަށް ގެންދިޔަ އެކްސަސައިޒް "ބްލެކް މަރލިން" ކާމިޔާބުކަމާ އެކު ނިންމާލައިފި

އެމެރިކާ އަސްކަރިއްޔާއާއި އެކު ކުރިޔަށް ގެންދިޔަ އެކްސަސައިޒް "ބްލެކް މަރލިން" ކާމިޔާބުކަމާ އެކު ނިންމާލައިފި

އަހުމަދު ޝުރާއު

logo

5/27/2025, 9:23:11 AM

# ދިވެހި ސިފައިން

--

އެމެރިކާ އަސްކަރިއްޔާއާއި އެމްއެންޑީއެފުން ގުޅިގެން ހިންގި އެކްސަސައިޒް "ބެލެކް މަރލިން"، ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

Wamco

މިކަމަށް ޓަކައި މިއަދު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒް، ލ.ކައްދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ސެންޓްރަލް އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު އިބްރާހީމެވެ.

އެމެރިކާގެ އަސްކަރިއްޔާއާ ގުޅިގެން އެމްއެންޑީއެފުން ކުރިއަށްގެންދިޔަ މި ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ މޭ 4އިން 26ވަނަ ދުވަހުގެ ނިޔަލަށް، މާލެއާއި ލ .އަތޮޅުގައެވެ. އެގޮތުން މާލޭގައި ކުރިއަށް ގެންގޮސްފައިވަނީ ސަބްޖެކްޓް މެޓަރ އެކްސްޕަރޓް އެކްސްޗޭންޖް ޕްރޮގްރާމެވެ. އަދި އިންފެންޓްރީ ޕެކޭޖް ކުރިއަށް ގެންގޮސްފައިވަނީ ލ.އަތޮޅުގައެވެ.

މި ތަމްރީނުތަކުގައި، އެމްއެންޑީއެފް އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް ޔުނިޓް (އީއޯޑީ)އާއި، އެމްއެންޑީއެފް ސަރވިސް ކޯރގެ އިތުރުން އެމްއެންޑީއެފް ޑިފެންސް އިންޓެލިޖެންސް ސަރވިސް (ޑީއައިއެސް) އާއި އެމްއެންޑީއެފް މެޑިކަލް ސަރވިސްއާއި، އެމްއެންޑީއެފް މެރިން ކޯރ އަދި އެމްއެންޑީއެފް ސްޕެޝަލް ފޯސަސް (އެސްއެފް)ގެ ސިފައިން ބައިވެރިވިއެވެ. އެމްއެންޑީއެފްގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ސިލްސިލާކޮށް ބާއްވަމުންދާ މި މި ތަމްރީނުގައި، މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމެރިކާ އަސްކަރިއްޔާގެ ސިފައިންނެވެ.

އެކްސަސައިޒް "ބްލެކް މަރލިން" ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު އިބްރާހީމްގެ އިތުރުން އެކްސަސައިޒުގައި ހަރަކާތްތެރިވި މުދައްރިބުން ބައިވެރިވެލެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside