logoEN
Sto top
ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް މިހާރު ދަނީ ކަރަންޓު ދެމުން - ސްޓެލްކޯ

ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް މިހާރު ދަނީ ކަރަންޓު ދެމުން - ސްޓެލްކޯ

އަހުމަދު ޝުރާއު

logo

7/22/2025, 7:11:20 PM

# ސްޓެލްކޯ

-

މިރޭ މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް އަލުން ކަރަންޓު ދޭން ފަށާފައިވާކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

Wamco

މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ މިރޭ 11:40 ހާއިރު އެވެ. އެގޮތުން ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަމަށެވެ.

އަދި ކަރަންޓު ކެނޑުނު ބައެއް ސަރަހައްދުތަކަށް މިހާރު ކަރަންޓު ދޭން ފަށާފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައި އެވެ.

ކުއްލި ގޮތަކަށް މިރޭ މާލެ ސަރަހައްދުން ކަރަންޓު ކެނޑެން މެދުވެރިވި ސީދާ ސަބަބެއް އަދި މިހާތަނަށް ސްޓެލްކޯއިން ހާމަކޮށްފައިނުވެއެވެ.

މައުލޫމާތު ލިބޭގޮތުގައި މާލޭގެ ހެންވޭރާއި މާފަންނުގެ އިތުރުން ހުޅުމާލޭގެ ފޭސް އެކެއްގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC