logoEN
Sto top
ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑުނީ އެސްޓީއޯ ހިޔާއަށް ކަރަންޓުދޭ ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކުން - ސްޓެލްކޯ

ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑުނީ އެސްޓީއޯ ހިޔާއަށް ކަރަންޓުދޭ ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކުން - ސްޓެލްކޯ

އަހުމަދު ޝުރާއު

logo

7/22/2025, 9:50:22 AM

# ސްޓެލްކޯ

-

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑެން ދިމާވި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

Wamco

ސްޓެލްކޯއިން މިއަދު ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ އެސްޓީއޯ ހިޔާއަށް ކަރަންޓު ދިނުމަށް ބަހައްޓާފައިވާ ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ.

އަދި އެ މައްސަލަ ހައްލު ކުރުމަށް މިހާރު މަސައްކަތް ކުރެވެމުންދާއިރު، ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކުގެ ތެރެއިން މިހާރު ކަރަންޓު ނުދެވި ވަނީ އެސްޓީއޯ ހިޔާއާއި މަސްޖިދު ހަސަން އާދަމްއަށް އެކަނި ކަމަށްވެސް ވަނީ ހާމަކޮށްފައި އެވެ. މިގޮތުން މައްސަލަ ހައްލުކުރުމަށް ސްޓެލްކޯގެ ޓެކްނީޝަނުން މިހާރުވެސް ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ސްޓެލްކޯއިން ވަނީ މިކަމާއި ގުޅިގެން ދިމާވާނެ ދަތިތަކަށް މަޢާފަށް އެދިފައި އެވެ.

ފޭސް 2 ގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ މިއަދު ހެނދުނު 11:15 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC