
-
މެޓަނަލް އެންޑް ޗައިލްޑް ހެލްތާއި ގުޅޭ ޓްރޭނިންގ ޕްރޮގްރާމެއް ފަށައިފިއެވެ.

ރަޝިޔާގެ ފެޑެރޭޝަނާ ގުޅިގެން ރަޝިޔާ-މޯލްޑިވްސް އިން މައިމީހާއާއި ކުޑަކުދިންގެ ސިއްޙަތާއި ގުޅޭގޮތުން ފެށި މިތަމްރީނު ޕްރޮގްރާމް 21 ޖުލައި އިން 25 ޖުލައި އަށް ކުރިއަށްދާނެއެވެ.
ރަޝިޔާގެ މަތީ ފަންތީގެ ތަޖުރިބާކާރުން އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދާ މި ސިމިއުލޭޝަން ޓްރެއިނިންގ ޕްރޮގްރާމްގައި އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ، ޕީޑިއޭޓްރިކްސް، އެނެސްތެސިއޮލޮޖީ، އަދި ނާސިންގެ ދާއިރާތަކުގެ 30 މެޑިކަލް ޕްރޮފެޝަނަލުން ބައިވެރިވެއެވެ.
މި ޓްރޭނިންގ ޕްރޮގްރާމް ކުރިއަށްގެންދާނީ އިންޓަރެކްޓިވް ލެކްޗަރތަކާއި، ޕްރެކްޓިކަލް ސެޝަންތަކާއި، ކޭސް ބެސްޓް ލާރނިންގއާއި، ކްލިނިކަލް ސިމިއުލޭޝަންތަކުގެ އިތުރުން މައިމީހާއާއި އަލަށް އުފަންވާ ކުދިންގެ ސިއްޙަތާއި، ކުއްލި ހާލަތުގައި ފަރުވާ ދިނުމުގެ ކަންތައްތަކައި ގުޅޭގޮތުންނެވެ.
މި ޓްރޭނިންގ ޕްރޮގްރާމްގެ މަޤްޞަދަކީ ފަރުވާ ދިނުމުގައި އެންމެ ޒަމާނީ ހުނަރާއި ޢިލްމު ފޯރުކޮށްދިނުމެވެ.